މަޖިލީހުގެ މެމްބަރުން މަޖިލިސް ޖަލްސާއެއްގައި | ފޮޓޯ : ރައްޔިތުންގެ މަޖިލިސް

މިއަހަރު މަޖިލިސް ހުޅުވާ ޖަލްސާ ފެބްރުއަރީ 3 ގައި

2020 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ ފެބްރުއަރީ 3 ވަނަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ 2020 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ 2020 ފެބްރުއަރީ 3 ވަނަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 2 މަސް ދުވަހުގެ ޗުއްޓީއަކަށްފަހު މަޖިލިސް ހުޅުވޭއިރު ސަރުކާރުގެ ފަރާތުން މުހިންމު ބިލު ތަކެއް މަޖިލީހަށް ހުށައަޅާނެއެވެ، އެގޮތުން މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައެޅުމުގެ ބިލު މަޖިލީހަށް ހުށައަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އެންމެ ފަހު ޖަލްސާ ބާއްވާފައިވަނީ ޑިސެމްބަރު 7 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ