މޯލްޑިވިއަން އައިޑަލްގެ ކާމިޔާބު 3 ސީޒަންއެއް ގެނެސްސީދީފައިވާ ޕީއެސްއެމް އިން މިފަހަރު ގެނެސްދޭނީ، ދުނިޔޭގެ އެންމެ މަޤްބޫލު އެއް ފްރެންޗައިޒް ރިއަލިޓީ ޓީވީ ޝޯވ، މާސްޓަރ ޝެފް ކަމަށް މިދިޔަ އަހަރު ޕީއެސްއެމްއިން ވަނީ އިޢުލާންކޮށްފައެވެ. އޭގަފަހުން މިކަމުގެ އެއްވެސް މައުލޫމާތެއް ޕީއެސްއެމް އިން ހާމަކޮށްފައިނުވާތާ ގިނަ ދުވަސްތަކެއް ވެފައިވީނަމަވެސް، ޕީއެސްއެމްއިން ވަރަށް އަވަހަށް މި ޕްރޮގްރާމްގެ މަސައްކަތް ފަށާނެކަމުގެ އިޝާރާތެއް މިވަނީ ދީފައެވެ.
ޕީއެސްއެމްގެ ރަސްމީ ޓްވީޓަރ އެކައުންޓުގައި އެމް.ސީ.އެމް (މާސްޓަރ ޝެފް މޯލްޑިވްސް) ހޭޝްޓެގް ބޭނުންކުރުމަށްފަހު ފޮޓޯ ޕޯސްޓަރުތަކެއް ހިއްސާކުރަން މިހާރު ވަނީ ފަށާފައެވެ. އެހެންކަމުން މާސްޓަރ ޝެފްގެ އޮޑިޝަންތައް ވަރަށް އަވަހަށް ފެށިގެންދާނެކަމުގެ ބެލެވެއެވެ. އެހެންނަމަވެސް މާސްޓަރޝެފް ރަސްމީކޮށް އަދި ރާއްޖޭގައި ލޯންޗުކޮށްފައެއް ނުވެއެވެ.
މިފަހަރު ޕީއެސްއެމް އިން ދިވެހިންގެ ހުނަރުވެރިކަން އިންޓަރނޭޝަނަލް ޕްލެޓް ފޯމެއްގައި ދައްކާލުމަށް ފުރުސަތު ރާއްޖޭގައި އުޅޭ ކުޅަދާނަ ކެއްކުންތެރިންނަށް ހުޅުވާލާއިރު، މި ޕްރޮގްރާމް ވެގެންދާނީ ރާއްޖޭގައި އުޅޭ ކެއްކުންތެރިންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށެވެ.
⏳
— Television Maldives (@tvmaldives) January 15, 2020
for
some
???️?? ???????
?#MCM pic.twitter.com/tIj7snqKd9
ދުނިޔޭގެ އެންމެ މޮޅު ޝެފް “ގޯޑޮން ރަމްސޭ” އާއި އަދި އިތުރު 2 ޝެފުން ޖަޖުންގެ ގޮތުގައި ހިމަނައިގެން އެމެރިކާގައި 2010 ވަނަ އަހަރު “މާސްޓަރ ޝެފް” ފުރަތަމަ ސީޒަން ފަށާފައިވާއިރު، މިހާތަނަށް މާސްޓަރ ޝެފްގެ 9 ސީޒަނެއް ވަނީ ބާއްވާފައެވެ.
މި މުބާރާތުގެ ތެރެއިން ކެއްކުންތެރިންނަށް ކެއްކުމުގެ ތަފާތު ޗެލެންޖިން މަސައްކަތް ތަކެއް ހަވާލު ކުރެވޭއިރު، ބައިވެރިންގެ މެދުގައި އޮންނަ ވާދަވެރިކަން ވަރަށް ބޮޑުވާނެއެވެ. އަދި އެކި ރައުންޑުތަކަށް ބަހާލައިގެން މި ރިއަލިޓީ ޝޯ ކުރިއަށްދާއިރު، މުބާރާތް ކުރިއަށްދާވަރަށް ބައިވެރިންތައްވެސް މުބާރާތުން ދާނީ ވަކިވަމުންނެވެ.
މާސްޓަރ ޝެފްގެ ޕްރެންޗައިޒް ފޯމެޓް ގަނެ، މި ޝޯވ ދިވެހިންނާއި ހިސާބަށް ގެނައުމުގެ މަސައްކަތް ޕީއެސްއެމް އިން ފަށާފައިވާއިރު، މި ޝޯ ވެގެންދާނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ކެއްކުންތެރިންނަށް އެމީހުންގެ ކެއްކުމުގެ ޤާބިލުކަން ދައްކާލުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށެވެ.
މާސްޓަރ ޝެފް ފަދަ ކެއްކުމުގެ ބޮޑު ފްރެންޗައިޒް މުބާރާތެއް ރާއްޖޭގައި ބޭއްވޭއިރު، މިކަހަލަ ކެއްކުމުގެ ބޮޑު ފްރެންޗައިޒް މުބާރާތެއް ދިވެހިންނަށް ތަޖުރިބާކޮށްލަން ލިބުމަކީވެސް ފަޙުރުވެރިވާންޖެހޭނެ ކަމެކެވެ.