ދ. މީދު ބަނދަރު ހެދުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 408 ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށް މިއަދު އެވެ. މި މަސައްކަތުގެ އަގަކީ 36،823،998.26 ރުފިޔާއެވެ.
މި މަޝްރޫގެ ދަށުން 373 މީޓަރުގެ ބޮޑުހިލަ ބޭރު ތޮއްޓަކާއި، 35 މީޓަރުގެ ރިވެޓްމަންޓާއި، 294 މީޓަރުގެ އެއްގަމުތޮއްޓެއްގެ އިތުރުން 1470 ސްކެއަރ މީޓަރ ގެ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 02 ނެރުބައްތިއާއި، 01 ރޭމްޕްއާއި، 10 މޫރިންގ ބުލޮކްސްއާއި، 15 ބަނދަރުބައްތި ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 15،875 ކިއުބިކް މީޓަރުގެ ސަރަހައްދު ބަނދަރުން ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ކޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު ޝާނާ ފާރޫޤްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއޯއޯ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ.



