14 އަހަރުގެ ކުއްޖާ ރޭޕްކުރީ ސިފައިންގެ މީހެއް - ފުލުހުން

މާލޭގައި އުމުރުން 14 އަހަރުގެ ކުއްޖަކު ބްލެކްމެއިލްކޮށް ރޭޕް ކޮށްފައިވަނީ ސިފައިންގެ މީހެއްކަން ފުލުހުން ހާމަކޮށްފިއެވެ.

14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، ބްލެކްމެއިލްކުރުމުގެ އިތުރުން ރޭޕްކުރުމުގެ ތުހުމަތުގައި 36 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަން ރޭ މެންދަމު ފުލުހުން ހާމަކޮށްފައި ވަނިކޮށް، އެމްއެންޑީއެފް އިން ބުނެފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ސިފައިންނަށް އަންގާފައިވާ ކަމަށެވެ.

ފުލުހުންނާއި، ސިފައިން މީޑިއާއަށް ހާމަކުރި މަޢުލޫމާތުތަކުން މިއީ ދެ މައްސަލައެއް ކަމަށް ކުރިން ބެލެވުނު ނަމަވެސް، 14 އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި ރޭ އިރޮއޮއްސުނުއިރު ހައްޔަރުކޮށްފައިވަނީ ސިފައިންގެ މީހަކުކަން މިއަދު ހެނދުނު ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާއިރު، 3 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި 76 އަހަރުގެ އަހަރުގެ ދިވެހި ފިރިހެނެއްވެސް އިއްޔެ މެންދުރު 13:00 ހާއިރު ދެކުނުގެ ރަށަކުން ވަނީ ހައްޔަރުކޮށްފައެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ކުއްލިއަކަށް އިންތިހާއަށް ފެންމަތިވާން ފަށާފައި މިވަނީ އުމުރުން ދެއަހަރުގެ ކުއްޖަކު ރޭޕްކޮށްލި މައްސަލައަށްފަހުއެވެ. އެ ހާދިސާއާއި ގުޅިގެން ފޮރުވާފައި ހުރި ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވާން ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ފިނިފެންމާ

    ތިމީހުން އަންހެންކުދިން ބުނާހާބަޔަކު ހައްޔަރުކޮށް އަނިޔާ ދެނީ ސާބިތުވެ ގެން ހެއްޔޭ މިހެން އެހީ ތަޖުރިބާކުރެވުނު އަދާވާތްތެރިކަމަކުންނެވެ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ