މަޖިލީހުގެ މި ދައުރުގައި މިނިމަމް ވޭޖުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިދައުރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.
"ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ހުށަހެޅުމަށް އަޅުގަނޑު ޤަޞްދުކުރަން" ރައީސް ޞޯލިހު ވިދާޅުވިއެވެ.
ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިކުރުމުގެ ސިޔާސަތުގެ ދަށުން، ޓެކްސް ނިޒާމު ވަރުގަދަކޮށް، އާމްދަނީން ނެގޭ ހުރިހާ ޓެކުހެއް މިހާރުވާނީ އެއް ޤާނޫނެއްގެ ދަށަށް ގެނެވިފައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މި ބަދަލާއެކު އަލަށް ތަޢާރުފްވި، އުޖޫރައިގެ އާމްދަނީން ޓެކްސް ނެގުމުގެ ކަންކަން، މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ކުރިއަށްދާނެ ކަމަށްވެސް ރައީސް ޞޯލިހު ވިދާޅުވިއެވެ.
މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ރިޔާސީ ވައުދެކެވެ.




ހިޔާލު
Thi ves Dan kandaelheny mi dhauru nimethanun vote dheshe kiyafa