ޖެންޑަރ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ ސަރުކާރަށް ރައްޔިތުންކުރާ އިތުބާރެ ކުޑަވެދާނެތީ ކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.
ޝިދާތާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދެމުން އަންނަ ނުތަނަވަސްކަމާއި، 17 ނޮވެމްބަރ 2018 ގެ ކުރިން ވޭތުވެދިޔަ 10 ވަރަކަށް އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހު އިންތިހާއަށް ހަލަބޮލިވެ، އިޖުތިމާޢީ ދާއިރާގައި ހުރި ތަފާތު މައްސަލަތަކުގެ ވާހަކަ ދައްކާނެ ފުރުޞަތު ނުލިބި އޮތް އޮތުން ނިމުމަމަކަށް އައިސް، ކުރިން ހިނގަމުން އައި އެހެން ނަމަވެސް އޭރު ސަރުކާރާއި ރައްޔިތުންގެ ސަމާލުކަން ނުލިބިހުރި މައްސަލަތައް އިންތިހާއަށް އިތުރުވެ، ރައްޔިތުން ސަރުކާރާއި، މިނިސްޓްރީ އަށް ކުރާ އިތުބާރު ކުޑަވެދާނެތީ، މިވަގުތަށް އެންމެ މަސްލަހަތުހުރި ގޮތަކީ އިސްތިއުފާ ދިނުންކަމަށް ފެންނާތީވެ މަގާމުން އިސްތިޢުފާ ދެއްވީ ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ކުރިޔަށް އޮތް ދުވަސް ތަކުގައިވެސް ސިޔާސީ ދާއިރާގައި ދިވެހި ގައުމާއި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމި ހުންނަވާނެ ކަމަށާއި އަދާލަތު ޕާޓީ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޕާޓީގެ އާންމު މެމްބަރުންނާއިއެކު ދެމިހުންނަވާނެ ކަމުގެ ޔަޤީންކަށް ދެއްވާކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ސްޓޭންޑާއި އެއްގޮތަށް ސަރުކާރު ހިންގާ ކޯލިޝަނާއި ރައީސް ޞޯލިހަށް ފުރިހަމައަށް ތާއީދު ކުރައްވާނެ ކަމަށްވެސް ޝިދާތާ ވަނީ ވިދާޅުވެފައެވެ.
މިދުވަސްވަރު ފެންމަތިވެފައިވާ އަދި ފެންމަތިވަމުން އަންނަ މައްސަލަތަކުގައި އެކަމަނާއާއި އެކަމަނާއާއިއެކު މަސައްކަތް ކުރެއްވި ޓީމުގެ އިހުމާލެއް ނުވާނެ ކަމަށާއި އެފަދަ އިހުމާލެއް ނެތްކަން އެކިއެކި ތަހުގީގު ތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ހޯދުންތަކުން ކުރިޔަށް އޮތްތަނުގައިވެސް ހާމަވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.
"އަޅުގަނޑު އުއްމީދުކުރަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ފަށާފައިވާ މަސައްކަތްތަކާ އެކު ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެން ހަރުދަނާ ގޮތެއްގައި މި ވުޒާރާ ހިންގި ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިންނަށް އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު އިތުރަށް ރަނގަޅު ވުމެވެ. އަދި މިނިސްޓްރީއާ މެދު ދައުލަތާއި ރައްޔިތުންގެ އިތުބާރު އިތުރުވެގެން ދިއުމެވެ." ޝިދާތާ ވިދާޅުވި އެވެ.





2 Responses
Kon Baehtha hisaanah ambassador kan dhiny. Presidents offeehunney eba buney. If so, e ves eba balan jehey.
dhen nukume yameen minivan kuraan