ރައީސުލްޖުމްހޫރިއްޔާ މި ވެބްސައިޓް އިފްތިތާޙްކޮށްދެއްވާފައިވަނީ، މިއަދު ހެނދުނު ކުރިއަށްދިޔަ އެމްއެންޑީއެފްގެ ކޮމާންޑަރސް ކޮންފަރެންސްގެ އިފްތިތާޙީ ޖަލްސާގައެވެ.
މި ވެބްސައިޓަކީ، ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ ވެބްސައިޓްތަކުން، ވީހާވެސް ފަސޭހައިން ރައްޔިތުންނަށް މަޢުލޫމާތު ލިބޭނެހެން އެއްގޮތް ކުރެއްވުމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ފަށްޓަވާފައިވާ ސްޓޭންޑަރޑައިޒޭޝަން ޕްރޮގްރާމްގެ ދަށުން ފަރުމާކުރެވިފައިވާ ވެބްސައިޓެކެވެ.
މި ވެބްސައިޓް ފަރުމާކުރުމުގައި މިނިސްޓްރީ އޮފް ކޮނިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ދެއްވި ފަންނީ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި، މިނިސްޓަރ އޮފް ޑިފެންސާއި މިނިސްޓްރީ އޮފް ޑިފެންސްގެ އެންމެހާ މުވައްޒަފުންގެ ފަރާތުން، ޝުކުރު ދަންނަވަމެވެ.
އަދި މި ވެބްސައިޓް ފަރުމާކުރުމުގައި ޙަރަކާތްތެރިވި މިނިސްޓްރީ އޮފް ޑިފެންސްގެ މުވައްޒަފުންނަށްވެސް މިނިސްޓަރ އޮފް ޑިފެންސް ޝުކުރުއަދާކުރައްވައެވެ.



