މަޖިލީހުގެ މެމްބަރުން މަޖިލިސް ޖަލްސާއެއްގައި | ފޮޓޯ : ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ހުށަހެޅި ނަފްސާނީ ސިއްޙަތުގެ ބިލް އަނބުރާ ގެންގޮސްފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަފްސާނީ ސިއްޙަތުގެ ބިލް އަނބުރާ ގެންދަވައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ ޢަބްދުލްހަކީމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަފްސާނީ ސިއްޙަތުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 92 ވަނަ މާއްދާގައި ވާގޮތުގެ މަތީން 17 ފެބުރުވަރީ 2020 ގައި އެ މެންބަރު އަނބުރާ ގެންދަވާފައިވާކަން މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ އިއުލާން ކުރައްވާފައެވެ.

މިކަން އިއުލާން ކުރެއްވައި ވާހަކަފުޅު ދައްކަވަމުން، ރިޔާސަތުގައި ހުންނެވި ރައީސް ނަޝިދު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މި ބިލް އަނބުރާ ގެންދަވާފައިވަނީ އެ ބިލް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކަމަށް އެމަނިކުފާނަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އެ ބިލް އެކުލަވާލެވިފައި އޮތީ، ވަރަށް ގިނައިން މީގެ ކުރިން ބިލެއްގައިވެސް މިބާވަތުގެ ކަމެއް ހިނގައިފި. ބިލުގެ ގޮތުގައި ބއެއް ފަހަރަށް ހަޤީޤަތުގައި މިތަނަށް މި ހުށަހެޅެނީ ސުރުހީއެއް. ދެން މި އިއްޒަތްތެރި މަޖިލީހުން މި ބަދަލުގެނެސް ބިލަކަށް ހަދައި، ރައްޔިތުންގެ ވިންދު، ރައްޔިތުންގެ ރުހުން، ރައްޔިތުން ބޭނުންވާގޮތް ދެނެގަނެ އެކިއެކި ފަރާތްތަކާ މަޝްވަރާކޮށްގެން ބިލެއް ފުރިހަމަ ކުރަނީ." އެ ބިލަށް ފާޑު ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ އަންޒަމާނުކަރައަށް ވައި އެރިއިރުގެ ބިލްތަކެއް ކަމަށާއި، އެއީ ބޭރުގެ ޕްރެޝަރަށް ސަރުކާރުން އެކުލަވާލާ ހުށަހަޅާ ބަހަނާތަކެއް ކަމަށް ވިދާޅުވެ ސަރުކާރަށްވެސް ފާޑުވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ