އިންތިޚާބުގެ ނުބާއްވަނީސް ކުޑަފަރި ކައުުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދައިފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ 3 ގޮނޑި ކަށަވަރުކޮށް އެމްޑީޕީން ނ. ކުޑަފަރީ ކައުންސިލްގެ މެޖޯރިޓީ ހޯދައިފިއެވެ.

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު މިހާރު ބަންދުވެފައިވާއިރު 5 ކައުންސިލަރުން އިންތިޚާބުކުރަން ޖެހޭ ކުޑަފަރީގައި ކައުންސިލްގެ ރައީސާއި އަންހެން ދެ މެމްބަރުން ހޮވަން އިންތިޚާބު ބާއްވަން ނުޖެހި ގޮނޑި ކަށަވަރުވީ އެ ތިން ކެންޑިޑޭޓުންނާ ވާދަކުރަން އެހެން ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ އެވެ.

މި 3 ފަރާތުގެ ގޮނޑި ޔަގީންވެފައިވީނަމަވެސް ދެން ހޮވަން ޖެހޭ 2 މެމްބަރުން ހޮވުމަށް އިންތިޚާބު ބާއްވާނެއެވެ. ކައުންސިލް މެންބަރު ކަމަށް ވާދަ ކުރައްވަން ވަނީ 2 ފަރާޓަށްވުރެ އިތުރަށް މީހުން ކުރިމަތި ލައިފައެވެ.

ރައްޔިތުންގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވަނީ ކުޑަފަރި ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ނެގުމުން މަރުޚަބާ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ މިރޭ 8:45 ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ