ކޮވިޑް-19: އައްޑޫ ސިޓީއަށް ފަތާފައި އެރި ސައުތު ޕާމް ރިސޯޓު މުވައްޒަފެއް ހައްޔަރުކޮށްފި

އައްޑޫ ސިޓީ މީދޫ އަށް ފަތާފައި އެރި ސައުތު ޕާމް ރިސޯޓު މުވައްޒަފެއް ހައްޔަރުކޮށްފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރިސޯޓު ތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން އެރުން މަނާ ކޮށްފައިވާއިރު އިއްޔެގެ 13:55 ގައި އައްޑޫ ސިޓީގެ ސައުތު ޕާމް ރިސޯޓުގެ މުވައްޒަފެއް ފަތާފައި ގޮސް އައްޑޫ ސިޓީ މީދޫ އަށް އެރުމާއި ގުޅިގެން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ފުލުހުން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ނެރެފައިވާ އެންގުންތައް ތަންފީޒު ކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.

މި ހިނގާ މާރޗު މަހުގެ 14 ވަނަ ދުވަހު ރިސޯޓްތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރު ކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓްތަކަށް މީހުން ދަތުރު ކުރުން 14 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމަށް އެޗްޕީއޭ އިންވަނީ އަންގާފައެވެ.

މިގޮތަށް އެންގީ މުޅި ރާއްޖެއަށް 30 ދުވަހުގެ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނު ކުރުމާއި ގުޅިގެން އަޅަން ނިންމި ފިޔަވަޅެއްގެ ގޮތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ