ނޭޕާލްގައި ތިބި ދިވެހި ދަރިވަރުން ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި

ރާއްޖެއަށް އައުމަށް ޓިކެޓް ނަގާފައި ވަނިކޮށް ފްލައިޓް ކެންސަލްވުމުގެ ސަބަބުން ރާއްޖެއަށް ނާދެވިފައި ތިބި 17 ދިވެހިން ރާއްޖެއަށް ގެނައުމާ ބެހޭ ގޮތުން ނޭޕާލުގެ ފޮރިން މިނިސްޓަރާ، ފޮރިން މިނިސްޓަރ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

ނޭޕާލުގެ ފޮރިން މިނިސްޓަރާއެކު މިނިސްޓަރ ޝާހިދު ފޯނުން ކުރެއްވި މަޝްވަރާގައި އެދަރިވަރުން އެންމެ އަވަހަށް ރާއްޖެއަށް ގެނެވޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ނޭޕާލުގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި މިވަގުތު ނޭޕާލް އޮތީ "ލޮކް ޑައުން" ހާލަތުގައިކަން ފާހަގަކުރައްވައި، ވައިގެ ދަތުރުފަތުރުތަކުގައި ހުރަސްތަކެއް ހުރިކަމަށް ވިދާޅުވިއެވެ. އަދި ހާލަތަށް ބަދަލު އައިސް، ވައިގެ ސަރަހައްދު ހުޅުވާލެވި އަދި ފްލައިޓްތައް ފެށުނުހާ އަވަހަކަށް އެދަރިވަރުން ރާއްޖެއަށް ފޮނުއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް ނޭޕާލްގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މި 17 ދިވެހިންނަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިތުރު އެހީތެރިކަން ބޭނުންވާތީ، އެ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަ، މިހާރުވެސް މެޑިކަލް ލައިސަންސް އޮތް ފަރާތްތަކެވެ. މި ދަރިވަރުންނަށް ރާއްޖެއަށް އައުމުގެ މަގު ފަހިވަންދެން ޒަރޫރީ ބޭމުންތަކަށް ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ