ބްލެކްމެއިލް ކުރި މައްސަލައިގައި މަޝްރަހު ހޫނުވެފައި - ފޮޓޯ: މީސްމީޑިއާ

ޑްރޯން ބޭނުންކޮށް ގިފިލިބަލައި ބްލެކްމެއިލްކުރި މައްސަލައެއް ފެންމަތިވެއްޖެ

ހއ އަތޮޅުގެ ރަށެއްގައި އަންހެން ކުއްޖަކު ބްލެކްމެއިލް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ހިނގަ ރަށުން ވާހަކަ ދެއްކި މީހަކު މި ނޫހަށް މައުލޫމާތު ދެއްވަމުން ބުނީ ޑްރޯން އެއް އަރުވައި ގެއެއްގެ ގިފިލި ތެރޭގައި ހުރި އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯތަކެއް ނަގައި އެކުއްޖާ ބްލެކް މެއިލް ކުރަން އުޅުމުން އާންމުން އެއްވެ ރަށުތެރެ ކޮންމެސްވަރަކަށް ހަލަބޮލިވި ކަމަށެވެ.

އެރަށުން ވާހަކަ ދެއްކި ފަރާތަކުން ބުނީ، މިހާދިސާގައި ޑްރޯން އަރުވާފައިވަނީ އެރަށުގައި ތިބި ފުލުހެއް ކަމަށާއި، ބްލެކްމެއިލް ކުރުމުގެ ގޮތުން ބަރަހަނާ މަންޒަރުތައް ފޮނުވާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެރަށު ކައުންސިލްގެ ރައީސް ވިދާޅުވީ، ޑްރޯން ބޭނުންކޮށްގެން ފޮޓޯ ނަގައި ބްލެކްމެއިލް ކުރި މައްސަލައެއްގެ މައުލޫމާތު ކައުންސިލަށް ލިބިފައި ނުވާ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. Thedhu

    Black mail rh nukurey, dhogu habaru nufathuraa

  2. Fuluheh

    Baeh fuluhun anhen moya bolah araigen ulhey faadeh.. umm varah foohivey

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ