މަޖިލީހުގެ މެމްބަރުން މަޖިލިސް ޖަލްސާއެއްގައި | ފޮޓޯ : ރައްޔިތުންގެ މަޖިލިސް

ކައުންސިލް އިންތިހާބު ފަސް ކުރުމާއި ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް އިޢުލާން ކުރި ކައުންސިލް އިންތިހާބު ފަސް ކުރުމާއި ބެހޭ ބިލު މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅޭ ބިލު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ބިލް މަޖިލީހަށް ލިބިފައިވާކަމަށާއި އަންނަ ހަފްތާގައި މި ބިލަށް ބަހުސް ކުރައްވާނެ ކަމަށެވެ.

ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އިންތިހާބު ފަސްކުރަން ނިންމައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ނަމަވެސް މި މައްސަލަ އަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނުމުން ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގާފައެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް 17 މީހަކު ޕޮޒިޓިވް ވެފައިވާއިރު ސަރުކާރުން ވަނީ 30 ދުވަހަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ