މައި ކޮލެޖްގެ ދަރިވަރުންތަކެއް - ފޮޓޯ: މައި ކޮލެޖް

ސަރުކާރު ބަންދު ނަމަވެސް ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ

ކޯވިޑް-19 އާއި ގުޅިގެން މި ދުވަސްވަރު ސަރުކާރު ބަންދު ކަމުގައި ވީނަމަވެސް، މަތީތަޢުލީމާއި ތަމްރީނަށް ދޭ ސްޓޫޑަންޓް ލޯނުގަޔާއި، ސްކޮލަޝިޕާއި، ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި މަތީތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް ފައިސާ ދޫކުރުމަށް ކަނޑައަޅާފައިވާ ތާވަލްތަކުގައި ވާ ގޮތުގެ މަތީން ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިޔަށްދާނެކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވި ގޮތުގައި ފާއިތުވި ހަފްތާގައި އެކަނިވެސް ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި ބައިވެރިވެފައިވާ ދަރިވަރުންގެ ތެރެއިން 1148 ދަރިވަރަކަށް ދޫކުރަންޖެހޭ ފައިސާ ވަނީ ދޫކޮށްފައެވެ.

ސަރުކާރު ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުޞޫލު މިހާރު އޮންނަ ގޮތުން ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ އެކަޑަމިކް އަހަރަކަށް ދޫކުރަން ހަމަޖެހިފައިވާ ފައިސާ ދޫކުރާނީ، 2 ބަޔަށް ބަހާލައިގެން އެދަރިވަރެއްގެ އެކަޑެމިކް އަހަރުގެ ތެރޭގައި 2 ފަހަރެއްގެ މަތީންނެވެ.

އެ ދަރިވަރެއްގެ އެކަޑެމިކް އަހަރު ކަމުގައި ބަލަނީ ކޯސް ފެށި ތާރީޚުން ފެށިގެން 12 މަސްދުވަހެވެ. މިސާލަކަށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ކޯސް ފެށި ދަރިވަރެއްގެ ފުރަތަމަ އެކަޑަމިކް އަހަރަކަށް ވާނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މި އަހަރުގެ މާރިޗް މަހަށެވެ. އެފަދަ ދަރިވަރަކަށް 2 ވަނަ އެކަޑެމިކް އަހަރު
ފެށެނީ މި އޭޕްރިލް މަހުއެވެ. 2 ވަނަ އަހަރުގެ ފައިސާގެ ފުރަތަމަ ބައި ދަރިވަރަށް ލިބޭނީ 2020 ވަނަ އަހަރުގެ މާރިޗް އެޕްރިލް މަހުގެ ތެރޭގައެވެ. 2 ވަނަ އަހަރުގެ ފައިސާގެ ބާކީ ބައި ލިބޭނީ 6 މަސް ފަހުން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ) އޮކްޓޯބަރ މަހިގެ ތެރޭގައެވެ. 2 ވަނަ އަހަރުގެ ފައިސާގެ ބާކީ ބައި ލިބޭނީ 0 މިސް ފަހުން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ އަކްޓޭބަރ މަހުގެތެރޭގައެވެ.

މިހާރު އަމަލުކުރަމުން ދާ އުޞޫލުގައިވާ ގޮތުން، ފައިސާ ދެމުންދާނީ ދަރިވަރަށެވެ. އެ ދަރިވަރަކު ތަޢުލީމު
ހާސިލްކުރަމުންދާ ކޮލެޖް ޔުނިވަރސިޓީ އަކަށް، އެތަނަކުން އަންގާ ގޮތެއްގެ މަތީން ފައިސާ ދައްކަމުން ގެންދިޔުމަކީ ދަރިވަރުގެ ޒިންމާއެކެވެ. އަދި މި ޒިންމާ ފަރުވާތެރިކަމާއިއެކު އަދާކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން މި ސްކީމްގެ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ލިބޭ ފައިސާގެ ތަފްސީލު ބެލޭނެ އިންތިޒާމެއް ޤާއިމްކުރުމަށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ފައިސާ ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދަން ފަށާފައިވާއިރު، ހާޑް ކޮޕީ އެޕްލިކޭޝަނެއް މިމިނިސްޓްރީއަށް ހުށަހަޅުއްވައިގެން ސްކީމްގައި ބައިވެރިވެ ވަޑައިގަތް ދަރިވަރުން އޭގެ ފަހުން އެ ޕޯޓަލްގައި ރަޖިސްޓްރީވެ ވަޑައިގެންފައި ނުވާނަމަ، ލަސްނުކުރައްވާ myedu.egov.mv މެދުވެރިކޮށް ރަޖިސްޓްރީ ވެވަޑައިގަތުމަށް ވަނީ ދަންނަވާފައެވެ. އެ މިނިސްޓްރީން ވިދާޅުވެފައިވަނީ ފައިސާ ދޫކުރުމަށް މަގުފަހިވާނީ ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ފަހުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދަކާ ގުޅިގެން ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދުނުމުގެ ސްކީމު މިދިޔަ އަހަރު ތަޢާރުފް ކުރިފަހުން މިހާތަނަށް މި ޕްރޮގްރާމްގައި 6000 އަށްވުރެން ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި ޖުމުލަ 96.8 މިލިއަނަށްވުރެން ގިނަ ރުފިޔާ ދިވެހި ސަރުކާރުން މި ދަރިވަރުންނަށް ޚަރަދުކޮށްފައި ވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ