ބޭރުގައި ކިޔަވާ ދިވެހި ކުދިންގެ ހާލު ދަނީ ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން ގާތުން ބަލަމުންދާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ހަޔަރ އެޑިއުކޭޝަނުން ވިދާޅުވީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ބޭރު ޤައުމުތަކުގައި ކިޔަވާ ދިވެހި ކުދިންގެ ހާލު ކަމާއި ގުޅޭ އިދާރާތައް މެދުވެރިކޮށް ކަށަވަރު ކުރަމުން އަންނަ ކަމަށެވެ.
އަދި ޗައިނާގައި ތިބި ދިވެހި ކިޔަވާ ކުދިން ކޮންސިއުލާ ހޮޓްލައިން ނަންބަރު 7983400 އާ ގުޅުއްވުމަށްވެސް އެޑިއުކޭޝަނުން އެދިފައިވެއެވެ. މީގެއިތުރުން އެހެން ޤައުމުތަކުގައި އުޅޭ ކިޔަވާކުދިންވެސް އެޤައުމެއްގެ ކޮންސިއުލާ އޮފީސްތަކާއި ގުޅުމަށްވެސް އެމިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
Due to the coronavirus outbreak, we have been communicating with relevant authorities to ensure the wellbeing of our students studying abroad.We advise students in China to contact the consular hotline at 7983400. We also advice students elsewhere to reach their consular offices
— Ministry of Higher Education (@MoHEmv) January 25, 2020
ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ހިސާބުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، ޗައިނާގެ އިތުރުން، ތައިލެންޑް، ޖަޕާން، ސައުދީއެރޭބިއާ، ސިންގަޕޫރު އަދި ވިއެޓްނާމުންވެސް މިވައިރަސްވަނީ ފެނިފައެވެ.
ޗައިނާއިން 500 އަށްވުރެ ގިނަ މީހުންގެ ގައިން ކްރޯނާ ވައިރަސް ފެނިފައިވާއިރު މިހާތަނަށް މިބަލީގައިވަނީ 17 މީހަކު މަރުވެފައެވެ. މިވައިރަސް ވަނީ ޗައިނާގެ 30 ޕްރޮވިންސަކަށް ފެތުރިފައިވާއިރު، އެގައުމުން ވަނީ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ވޫހާން އާއި އިތުރު 13 ސިޓީއެއް ކަރަންޓީނުކޮށްފަ އެވެ.



