މާތްވެގެންވާ އިސްލާމްދީނުގައި މިއުޒިކަށް ކުޑަނަމަވެސް ފުރުޞަތެއް އޮތްނަމަ، މިއުޒިކް ކުޅުމާއި ލަވަކިއުމާއި ދުރަށް ނުދިޔައީސް ކަމަށް ކުރީގެ ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒް ބުނެފިއެވެ.
ޢަލީ ރަމީޒް މިހެން ބުނެފައިވަނީ ދިވެހި ޒުވާނަކު މިއުޒިކް ކުޅުމާއި ދުރަށް ދިޔަ ޚަބަރާއެކު މީސްމީޑިއާ (ފޭސްބުކް) ގައި ކުރި ޕޯސްޓެއްގައެވެ.
އަލީ ރަމީޒް ބުނެފައިވަނީ މީގެ ދެތިން ދުވަސް ކުރިން ޒުވާނަކު އޭނާއަށް މެސެޖްކޮށްފައި މިއުޒިކް އިންސްޓްރޫމެންޓަކާ ބެހޭގޮތުން ސުވާލުކުރި ކަމަށާއި، އެ ޒުވާނާއަށް ވަރަށް ކުރު ޖަވާބެއް ދިން ކަމަށެވެ.
"އޭގެ ހަމަ އަނެއް ދުވަހު އެ ޒުވާނާ އަޅުގަނޑަށް ފޮނުވި 3 ފޮޓޯ އެ ފެންނަނީ. (އޭނާ ކުޅެން ގެންގުޅުނު ގިޓާތައް ބިންދާލުމަށްފަހު އެ ގިޓާތަކުގައި އަލިފާންޖަހާ ރޯކޮށްލާފައިވާ މަންޒަރު.). ފޮޓޯތަކާއެކު ލިޔެފައި އިނީ " الحمد لله" މިހެން އެކަނި. ގިޓާ ކުޅެމުންދިޔަ އެ ޒުވާނާ މިހާރު އެވަނީ لله ހަރާމް ކުރެއްވި މިއުޒިކް އިން އެއްކޮށް އަތްދޫކޮށްލާފައި." ޢަލީ ރަމީޒްގެ ފޭސްބުކް ޕޯސްޓްގައި ބުނެފައިވެއެވެ.
ދިވެހި ޒުވާނަކު މިއުޒިކް ކުޅުމާއި ދުރަށް ދިޔަގޮތް ހިއްސާކޮށް، ޢަލީ ރަމީޒް ވަނީ އަދުގެ ޒުވާނުންނަށް ވަރުގަދަ މެސެޖެއްވެސް ދޫކޮށްލާފައެވެ.
"الله أكبر" "ޒުވާނުންނޭވެ! އިސްލާމްދީނުގައި މިއުޒިކް ކުޅުމަށް ކުޑަނަމަވެސް ފުރުޞަތެއް އޮތްނަމަވެސް އަޅުގަނޑު މިއުޒިކް ކުޅުން ދޫކޮށް ނުލީމުސް." ޢަލީ ރަމީޒް ބުނެފައިވެއެވެ.
ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން ލަވަޔާ މިއުޒިކް ޙަރާމް ކަމަށް ޢިލްމުވެރިން ދަލީލު ދައްކަވައެވެ. އެގޮތުން އެންމެ މަޝްހޫރު އާޔަތަކީ ލުޤްމާން ސޫރަތުގެ ހަވަނަ އާޔަތެވެ. ﷲ ވަޙީކުރައްވާފައިވަނީ: وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ [لقمان:6] މާނައީ “ އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކުވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އަބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.
އަދި އިމާމް އިބްން ކަޘީރު ރަޙިމަހުﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އިބްން މަސްޢޫދު ރަޟިޔަﷲ ޢަންހު މިއާޔަތާއި މެދުވިދާޅުވެއެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ލަވައެވެ.
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ)) [الإسراء:64] މާނައީ “ އަދި އެބައިމީހުންގެތެރެއިން، ކަލެއަށް (ޝައިޠާނާއަށް) ކުޅަދާނަވީބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވާ ހެއްލުން ތެރިކުރާށެވެ! “ ތަފްސީރު ޢިލްމުވެރިންގެތެރެއިން އިބްނު ކަޘީރާއި އިބްނު ޖަރީރް ރަޙިމަހުމުﷲ ފަދަބޭފުޅުން ވިދާޅުވަނީ އެތަނުގައި ޝައިޠާނާގެ އަޑޭ އެވާ ބަހުގެ މުރާދަކީ ލަވައެވެ. މިފަދަ އެތައް އާޔަތަކުން ޢިލްމުވެރިން އިސްތިދްލާލު ކުރައްވައެވެ.
އަދި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ))ليكونن من أمتي أقوام يستحلون الحر والحرير والخمر والمعازف(( (رواه البخاري في صحيحه معلقاً بصيغة الجزم) މާނައީ: ”ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކުމީހުން އަންނާނެއެވެ. އެމީހުން ޒިނޭއާއި، ފަށުވިފޭރާމާއި (ފިރިހެނުންނަށް)، ރަލާއި، އަދި މިއުޒިކު ސާމާނު ހުއްދަކުރާނެއެވެ.“ މިޙަދީސްފުޅުގެ މާނަޔަށް ބަލައިލުމުން މިއުޒިކަކީ ޙަރާމް އެއްޗެއްކަން ވަރަށް ރީއްޗަށް ދޭހަވެއެވެ.
އަދިވެސް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައިވެއެވެ. ((ليشربن ناس من أمتي الخمر يسمونها بغير اسمها، وتضرب على رؤوسهم المعازف والمغنيات، يخسف الله بهم الأرض، ويجعل منهم القردة والخنازير(( (صححه الألباني في غاية المرام))
މާނައީ: “ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަޔަކު ބަނގުރާ ބޯނެއެވެ. އެބައިމީހުން އޭގެ ނަން ނޫން އެހެން ނަމެއް އެއަށް ކިޔާނެއެވެ. އެބައިމީހުން ތިބޭ ތަންތަނުގައި މިއުޒިކް ސާމާނުތަކުން މިޔުޒިކު ކުޅެ، ލަވަކިޔާ އަންހެނުން ލަވަކިޔާނެއެވެ. ﷲ އެބައި މީހުން ބިމުގެ ޢަޑިއަށް ގަންބަވާނެތެވެ. އަދި އެބައި މީހުންގެތެރެއިން ރާމާމަކުނުތަކާއި އޫރުތައް ލައްވާނެއެވެ.“





3 Responses
May Allah increase you in blessings for what you have sacrificed for the sake of Allah
All Time Favorite Artist From The World Music Genre
S.t.i.l.l from The Beginning of The End.
1- Maldivian Idol,
1- Voice of Maldives,
1- Mulhi Dhivehi Raaje Ran Adu.
Ali rameez is the best and he allways chose right way.