ކޮވިޑް-19: ރާއްޖެއިން 2000 އެއްހާ މީހުންނަށް މި ބަލި ޖެހޭނެކަމަށް ލަފާކުރެވޭ: ރައީސް ނަޝީދު

ރާއްޖެއިން ގާތް ގަނޑަކަށް 2000 އެއްހާ މީހުންނަށް ކޮވިޑް-19 ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެންނަށް އެބަ އިނގޭ މިހާރު ރާއްޖޭގައި އަޅާފައި މިހުރި ފިޔަވަޅުތައް، މިހެން އަޅާފައި ބެހެއްޓީމާ، ގާތްގަނޑަކަށް 2000 އެއްހާ މީހުންނަށް މިބަލި ޖެހޭނެ ކަމާއި. އަދި އޭގެތެރެއިން އެބޭފުޅުން އެ ވިދާޅުވާ ޚާއްސަ ހާލަތަށް ނުވަތަ ނުރައްކާތެރި ޚާލަތަށް 10-5 ޕަސެންޓު މީހުން ދާނެ ކަމާއި. އެއީ އަޅުގަނޑުމެންނަށް ސައިންސުން ފެންނަށް ހުރި އެއްޗެއް" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި ގާދުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް، އަޅާފައި ބެހެއްޓީމައި ގާތްގަނޑަކަށް 210 ބަނދުގައި ތިބެން އެބަޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ތަޅުމުގައި ގާދުރުކޮށް ޖަލްސާތައް ބޭއްވޭނެ ކަމަށާއި ސުވާލަކީ 210 ދުވަސް ވަންދެން މިހާރު ކުރިޔަށް ގެންދާގޮތަށް "ވާޗުއަލްކޮށް" ޖަލްސާތައް ކުރިޔަށް ގެންދާނީތޯ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށާއި އެޗްޕީއޭ އިން އެގޮތަށް ނުދެކޭ ކަމަށެވެ. އެހެން ނަމަވެސް އެޗްޕީއޭ އިން ބުނަމުން ގެންދަނީ މިހާރު މިއަޅާ ފިޔަވަޅުތައް އެޅުމުން މިކަމުން ލުޔެއް ލިބެން އަންނަނީ 210 ދުވަހުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޮންލައިންކޮށް ކުރިޔަށް ގެންދާ މި ހަފްތާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްވެސް ވަނީ ކެންސަލް ކޮށްފައެވެ. ނަމަވެސް މި ހަފްތާގެ ޖަލްސާތައް ކެންސަލް ކޮށްފައިވަނީ ކޮމެޓީ ތަކުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް މެންބަރުންނަށް ވަގުތު ދެއްވުމަށް ކަމަށް ބުނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

3 Responses

  1. hjjh

    kaley himeneytha eyge therey?

  2. މުރާދުބޭ

    މަނިކުފާނު ތިޖެއްސެވި ހިސާބުގެ ފޮމިއުލާޔަކީ ކޮބައިތޯ؟ ރާއްޖޭގެ ރައްޔިތުން މާލީގޮތުން މާޔޫސްވެފައިވާ މިހިތްދަތި މޫސުމުގައި މަނިކުފާނު އުޅުއްވީ އާވާރާވެ އިންނަވައިގެން އަމިއްލަ އެދުމާއިގެން ފޯވެއިންނަވައި ކައުންސިލް އިންތިޚާބާއި ބެހޭބިލް ފާސްކުރުމުގައި ވީޑިއޯ މަޖްލީހުގައި! މިހިސާބަށް ރާއްޖޭގެ ކޯޓުތައްވެސް ވީޑިއޯއިން ދައްކައިދޭ މަންޒަރު ބަލައި ސާބިތުނުހިފޭކަމުގައި ބޮޑެތި ޖިނާޢީ މައްސަލަތައް ދޫކޮށްފަ! މަނިކުފާނު ތިޔަޖެއްސެވި ހިސާބަކީ ފަތިސް ހަނދުވަރުތެރޭ އިންހަމަހިމޭން ގޮނޑުދޮށަށް ބީއްސާލި ބާނިރާޅެއްތޯ

  3. ޔޫސުފް

    ކޮވިޑް19 ގެ އެންމެހައި ކަންތައް ބެލެހެއްޓުން މަޖިލީހުގެ ރައީސާ ހަވާލުކުރެވުނު ނަމަ ބަލިޖެހޭނެ އަދަދާއި، މަރުވާނެ އަދަދު ވެސް ކުރިން އެނގުނީސްތާއެވެ. އަދި ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ހާލަތަށް ވާންޖެހޭ ތައްޔާރީ ތަކާއި އަޅަންޖެހޭ ފިޔަވަޅު ތައް، ބަލި ފެތުރެމުންދާ ގައުމުތަކަށް މަޖިލީސް އިން އަންގައިދީ އެގައުމުތަކުން ބަލިޖެހޭނެ މީހުންގެ އަދަދާއި، މީހުން މަރުވާނެ އަދަދުވެސް ގައުމު ތަކަށް އަންގައިދީ މަޖިލީހުގެ އެހީތަރިކަން ދިނުން މިހާރު ތިކުރާ ކުޅޭކުޅޭ ޖަލްސާތައް ބޭއްވުމަށްވުރެ މުހިންމުވާނެ ހެންހީވަނީ . ތިވަރުގެ މޮޅު މީހަކު މިހާރު ދުނިޔޭގައި ހުރިހެން ހިޔެއްނުވޭ.

    33
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ