މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމާއި ގުޅިގެން ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާތީ މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ފެށުން ލަސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެޖެންޑާ ކޮށްފައި އޮތީ މިއަދު 11:00 އަށެވެ. އެހެން ނަމަވެސް މަޖިލީހުން ބުނެފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެއްސި ގަޑި ފަސްކުރަންޖެހިފައި ވާ ކަމަށެވެ.
މައްސަލަ ހައްލުކުރެވުނުހާ އަވަަހަށް ޖަލްސާ ބާއްވާނޭ ގަޑި އިއުލާނުކުރާނެ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާއި ގުޅޭ ބިލުގެ އިތުރުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގިނަ ކަންތައްތަކެއް ވަނީ އެޖެންޑާ ކޮށްފައެވެ.



