ބޭރުގެ ލަވަކިޔުންތެރިޔާ ޒޭން މަލިކް ގެ ދަރިއަކަށް މަޝްހޫރު ސުޕަމޮޑެލް ޖިޖީ ހަޑިޑް ހުރީ ބަލިވެކަމަށް ބޭރުގެ ހަބަރުތަކުގައި ރިޕޯޓުކޮށްފިއެވެ.
މި ވާހަކަ އެންމެ ފުރަތަމަ ރިޕޯޓުކުރީ ސެލެބްރިޓީންގެ ބޮޑެތި ޙަބަރުތައް ގެނެސްދޭބޭރުގެ ނޫހެއްކަމުގައިވާ "ޓީ.އެމް.ޒެޑް"އިންނެވެ. އެ ނޫހުގައި ލިޔެފައިވާގޮތުން، ޖިޖީ ގެ ބަނޑަށް މިހާރު 20 ހަފްތާވެއްޖެއެވެ. އެހެންނަމެވެސް މިއިން އެއްވެސް ޙަބަރެއް އަދި އެއްވެސް ރަސްމީފަރާތަކުން ޔަޤީންކޮށްދީފައެއްނުވެއެވެ.
އެހެންނަމަވެސް ޙަބަރުތަކުގައި ވާގޮތުން، މި މައުލޫމާތު މި ނޫހަށް ދީފައިވަނީ، މި ދެ ތަރިންގެ އާއިލާއާ ގާތް ފަރާތަކުންނެވެ.
މީގެ އިތުރުން، ކުރީގެ ދެ ލޯބިވެރިންކަމުގައިވާ ޒޭން އާއި ޖިޖީ ހަޑިޑް އަލުން ގުޅުނުކަމުގެ އެއްވެސް ވާހަކައެއް މި ދެތަރިން އަދި ޔަޤީން ކޮށްދީފައެއްވެސްނުވެއެވެ.
މި ދެތަރިން އެންމެ ފުރަތަމަ ޑޭޓް ކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭގެ ފަހުންވެސް ދެތިން ފަހަރަކު ދެމީހުން ރުޅިވިކަމުގެ ހަބަރުތައް ފެތުރުނުއިރު، ދެމީހުން ރުޅިވިކަން ރަސްމީކޮށް އިއުލާންކުރީ 2019 ވަނަ އަހަރުގެ ޖެނުވަރީ މަހުއެވެ. އެހެންނަމަވެސް އޭގެ ކުރިން އެކި ފަހަރުމަތިން ދެމީހުން އަލުން ގުޅުނު ކަމުގެ ހަބަރުތައް ފެތުރުނެވެ.
ދާދިފަހަކުން 25 އަހަރު ފުރުނު ޖިޖީ މިވަގުތު ހުރީ އާއިލާއާއަކު ހޯމް އައިސޮލޭޝަންގައެވެ. ޖިޖީގެ އުފަންދުވަހު އާނަގެ އާއިލާ އާއި ގާތް ރަހްމަތްތެރިންނަށް ޝުކުރު އަދާކޮށް ސޯޝަލް މީޑިއާގައި ވީޑިއޯވެސް ވަނީ އަޕްލޯޑްކޮށްފައެވެ. މި ވީޑިއޯގައި ޒޭން ވެސް ހިމެނެއެވެ.
ޖީޖީއަކީ ނެދަރލެންޑްސްއަށް އުފަން ޔޮލޭންޑާ އަދި ފަލަސްތީނަށް ނިސްބަތްވާ މުހައްމަދު ހަދީދުގެ ކުއްޖެކެވެ. އަދި ޒޭންއަކީ އިނގިރޭސި ޓްރިޝާ ބްރެނަން މަލިކްއާ ޕާކިސްތާން- އިނގިރޭސި ޔާސިރު މަލިކްގެ ކުއްޖެކެވެ.



