އިޓަލީ ޓުއަރިސްޓުން ރާއްޖެ އަންނަން ތައްޔާރު - އެމްއެމްޕީއާރުސީ

ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ބޯޑަރުތައް ހުޅުވާލިހާ އަވަހަކަށް އިޓަލީ ޓުއަރިސްޓުން ރާއްޖެ އަންނަން ތައްޔާރުކަމަށް އިޓަލީގެ ޓްރެވަލް އެޖެންޓުން ބުނެފި އެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންއިން އިއްޔެ ނެރުނު ބަޔާނުގައި ވާގޮތުން އިޓަލީގެ ޓްރެވަލް އެޖެންޓުން މިހެން ބުނެފައިވަނީ، އިޓަލީގެ އޮންލައިން ޓްރެވަލް އެޖެންޓް، "އީޒީ މާކެޓް ޓްރެވަލް ސޮލިއުޝަންސް" އާއި ގުޅިގެން "ވެބިނާ ރިވޮލިއުޝަން މޯލްޑިވް" ގެ ނަމުގައި އިޓަލީގެ ޓްރެވަލް އެޖެންޓުންނަށް ހާއްސަކޮށް ބޭއްވި ވެބިނާއެއް ގައެވެ.

އެމްއެމްޕީއާރްސީ އިން އިސްނަގައިގެން ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ އެ ވެބިނާގައި ގާތްގަނޑަކަށް 100 އެއްހާ ޓްރެވަލް އެޖެންޓުން ބައިވެރިވެފައިވާ އިރު މި ވެބިނާގައި ރާއްޖެއާ ބެހޭ މައުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައިވަނީ އިޓަލީ ބަހުންނެވެ.

އެ ވެބިނާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ދައްކާލިއިރު މި ޕްރެސްންޓެޝަންގައި ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ތަފާތުކަންވެސް ވަނީ ހިއްސާކޮށްފަ އެވެ.

ވެބިނާ ނިންމާލުމަށްފަހު ބޭއްވި ސެޝަންގައި ރާއްޖެއާ ބެހޭގޮތުން އޮޅުން ފިލުވަން ބޭނުންވި ސުވާލުތަކަށް ވެސް ވަނީ ޖަވާބުދީފައެވެ. އަދި އެމްއެމްޕީއާރުސީއިން ބުނީ ރާއްޖެ ހުޅުވާލެވުމުން އިޓަލީގެ ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާކިޔަން ތައްޔާރުވަމުންދާކަމަށެވެ.

އިޓަލީއަކީ އަބަދުވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތް ކުރަމުންދާ ގައުމެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ