އައްޑޫ ސިޓީ މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްމުވާއި ގުޅިގެން އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އައްޑޫ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އަނަންތާރާގެ ރިސޯޓެއްގައި ވަޒީފާ އަދާކުރުމަށްފަހު އައްޑޫއަށް ދިޔަ މީހެކެވެ. އެމީހާއަށް ވަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގައިވެސް ފަރުވާ ދީފައެވެ. އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެމީހާ މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އައްޑޫ ސިޓީ މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސް، އެއްވެސް މީހަކު އަރާ ފޭބުން މަނާކޮށްފައެވެ.
އައްޑޫ ސިޓީ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި މިވަނީ މަރަދޫ ފޭދުއަށް ނިސްބަތްވާ މީހެކެވެ. އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން ކްންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރާއްޖޭގައި މިހާތަނަށް 744 މީހަކަށް ކޮވިޑް-19 ޖެހިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރެއިން 8 މީހަކު ރަނގަޅު ވެފައިވާއިރު، މިހާރު 719 މީހަކަށް ދަނީ ފަރުވާދެމުންނެވެ. ރާއްޖޭގައި ކޮވިޑް-19 އެންމެ ހަލުވި ކަމާއެކު ފެތުރިފައިވަނީ ވެރިރަށް މާލޭގައެވެ. މާލެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުންވެސް މި ބައްޔަށް މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.



