ބޯކޮށް ވާރޭ ވެހި އައްޑޫ ސިޓީގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަދެއްޖެއެވެ.

އައްޑޫ ސިޓީގެ ކައުންސިލް އިން ހާމަކޮށްފައިވާ ގޮތުގައި އެ ސިޓީއަށް ދަނީ ހުއްޓާނުލައި ބޯކޮށް ވާރޭ ވެހެމުން ކަމަށާއި، ވިއްސާރައިގެ ސަބަބުން އެ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެންބޮޑުވެފައިވާކަމަށެވެ. އަދި ގިނައަދަދެއްގެ ގެތަކަށްވެސް ވަނީ ފެންވަދެފައި ކަމަށް އެކައުންސިލުން ހާމަކުރައްވާފައިވެއެވެ.

އައްޑޫ ސިޓީގައި ފެންބޮޑުވެފައި ވާއިރު މޫސުމާއި ބެހޭ ގައިމީ އިދާރާއިން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އަދި ވިލާގަނޑުގައި45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މީސްމީޑިއާގައި ދަޢުރުވާ ފޮޓޯ ތަކުން ފެންނަ ގޮތުގައި ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންގަނޑު ހެދިފައެވެ. އަދި މަގުތަކުގައިވެސް ވަރަށް ބޮޑަށް ފެންގަނޑު ހެދި ގެތަކަށްވެސް ވަނީ ފެންވަދެފައެވެ.

މި ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީއަށް ލިބިފައިވާ ގެއްލުތައް އަދި ސާފެއް ނުވެއެވެ. އައްޑޫ ސިޓީގައި ފެންބޮޑުވެފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން އެސިޓީގައި ވަނީ ގިނަ ފިޔަވަޅު ތަކެއް އަޅާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ