ނިހާޔާ ވާދޫގައި ޚާއްޞަ ސެޝަންތައް ނަގައިދެނީ

ރާއްޖޭގެ އެއްވަނަ ނިހާޔާ، ވާދޫ ޒުވާނުންނަށް ޗެސް ކުޅެން ދަސްކޮށްދެނީ

ގދ. ވާދޫގެ ޗެސްއަށް ޝަޢުގުވެރިކަން ހުންނަ ފަރާތްތަކަށް، އެ ހުނަރު ތަރައްޤީ ކޮށްދިނުމަށް ޚާއްޞަ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ޔޫތް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ، ވާދޫ ސޯޝަލް ސެންޓަރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މިޚާއްސަ ޕްރޮގްރާމްގައި ކްލާސްތައް ނަގައިދީފައިވަނީ، 2013 އިން ފެށިގެން މެދުކެނޑުމެއްނެތި ރާއްޖޭގެ އެއްވަނަ ހޯދަމުން އަންނަ ޒުވާން އަންހެން ޗެސް ކުޅުންތެރިއެއްކަމަށްވާ ނިހާޔާ އަޙްމަދުއެވެ.

ނިހާ ޗެސްގެ ދުނިޔެއަށް ނިކުތީ އުމުރުން 12 އަހަރުގައި ތަފާތު އެއްޗެއް އަޖުމަބަލާލުމުގެ ނިޔަތުގައެވެ. ޖަމާލުންދީން ގްރޭޑް 7 ގައި އުޅެނިކޮށް ލިބުނު ފުރުޞަތެއްގައިކަމަށް ނިހާބުނެއެވެ.

ނިހާޔާ ވާދޫގައި ޚާއްޞަ ސެޝަންތައް ނަގައިދެނީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗެސްއިން ރާއްޖެ ތަމްސީލުކޮށްފައިވާ ނިހާ، 2014 ވަނަ އަހަރު ލަންކާގައި ބޭއްވުނު އޭސިއަން ސީނިއާ އެންޑް އެމެޗުއާ ޗެސް ޗެމްޕިއަންޝިޕްއިންވަނީ ދެވަނަ ހޯދާފައެވެ. އަދި ޤަޢުމީ ލެވެލްގައި ބައިވެރި ހުރިހާ މުބާރާތެއްވެސް ނިހާވަނީ ކާމިޔާބުކޮށްފައެވެ.

އުމުރުން 18 އަހަރުގެ، ރާއްޖޭގެ އެއްވަނަ ނިހާޔާ އަޙްމަދުގެ އިރުޝާދުގެ ދަށުން ޗެސް އުނގެނުމަށް ހުޅުވާލި ރަނުގެ ފުރުޞަތުގައި ޗެސްގެ އުކުޅުތައް އުނގެނުމަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ގަދަ

    ތިގޮތުގައި ކުރިއަށް ދާތި!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ