ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު | ފޮޓޯ: ރައީސް އޮފީސް

ކަރަންޓު ބިލްތަކުން 50 މިލިއަން ރުފިޔާގެ ޑިސްކައުންޓު ވާނީ ދީފައި - އަމީރު

ކަރަންޓު ބިލްތަކުން މިހާތަނަށް 50 މިލިއަން ރުފިޔާގެ ޑިސްކައުންޓު ވާނީ ދީފައިކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވެއްޖެއެވެ.

މިހާރު ދަރުބާރު ގޭގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިހާތަނަށް ކަރަންޓު ބިލުތަކުން، ފެނަކަ، ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ މެދުވެރިކޮށް 50 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދެވިފައި ވާނެކަމަށެވެ.

އެއީ އެވަރެޖުކޮށް ކޮންމެ ކަރަންޓު ބިލަކުން 500 ރުފިޔާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ފެން ބިލަށް 10.9 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދެވިފައިވާނެ ކަމަށާއި އެއީ ބިލަކުން އެވްރެޖްކޮށް 235 ރުފިޔާގެ ޑިސްކައުންޓް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ ގޭބިސީ ތަކަށް ފެން ބިލްތަކުން 30 ޕަސެންޓް އަދި ކަރަންޓު ބިލްތަކުން 40 ޕަސެންޓުގެ ޑިސްކައުންޓެއް އެޕްރީލް އަދި މެއި މަހު ދޭން ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ