ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ %50 މީހުންގެ އެކައުންޓްގައި ފައިސާ ހުރީ ލައްކައަކަށްވުރެ މަދުން

ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން %50 މީހުންގެ އެކައުންޓުގައި ހުރީ އެއްލައްކައަށްވުރެ މަދު ޢަދަދެއްގެ ފައިސާކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކުރައްވައިފިއެވެ.

މިހާރު ދަރުބާރު ގޭގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާޠިމަތު ސުޖާތާ ޙަލީމް ވިދާޅުވީ، ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ 154،000 މީހުންގެ ތެރެއިން %50 މީހުންގެ އެކައުންޓުގައި ހުރީ އެއްލައްކައަށްވުރެ މަދު ޢަދަދެއްގެ ފައިސާކަމަށެވެ.

އެގޮތުން ވަކިވަކި ފަރުދުންގެ ޕެންޝަން އެކައުންޓްތަކަށް ފައިސާ ވަދެފައިވާގޮތުގެ ތަފްސީލް ދެއްވަމުން ސުޖާތާ ވިދާޅުވި ގޮތުގައި ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ 154،385 މީގެ ތެރެއިން %19 މީހުންގެ އެކައުންޓްގައި ފައިސާ ހުރީ 10،000 ރުފިޔާއިން ދަށުގައެވެ. އަދި ރަނގަޅު ޢަދަދެއްގެ ފައިސާ ހުރީ ވަރަށް މަދު ބައެއްގެ އެކައުންޓްގައިކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ސުޖާތާ ވިދާޅުވީ، ޕެންޝަނަށް ކޮންޓްރިބިއުޝަނުން ފައިސާ ނެގުމަކީ އެހާ ރަނގަޅުކަމެއް ނޫންކަމަށާއި، ޕެންޝަން ފަންޑުން އެހެން ކަންތައް ކުރަން ވިސްނައިފިނަމަ ރަނގަޅު ޕެންޝަން އާމްދަނީއެއް ނުލިބޭނެލަމަށެވެ. އަދި ޕެންޝަން ފަންޑުގެ ފައިސާގެ ޢަދަދު އިތުރުވާ މިންވަރަކުން އިންވެސްޓްމަންޓް ފައިސާގެ ޢަދަދު އިތުރުވަމުންދާކަމަށެވެ. އެގޮތުން ހިއްސާގެ ބާޒާރުގައިވެސް އިންވެސްޓްކުރަމުންދާކަމަށާއި، ރާއްޖޭގެ ބާޒާރުގައި ލިބެން ހުންނަ ހުރިހާ ފުރުޞަތެއް ބޭނުންކޮށް އިންވެސްޓްކުރަމުންދާކަމަށް ސުޖާތާ ވިދާޅުވިއެވެ.

އަދި ވޯލްޑް ބޭންކްގެ ފަންނީ އެހީއާއެކުޕެންޝަން ފަންޑްގެ އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ ދިރާސާ މިހާރުވެސް ކުރެވެމުންދާކަަމަށާއި، މި މަސައްކަތް ނިމުމުން ޕެންޝަން ފަންޑުން އިތުރަށް އިންވެސްޓްކުރެވޭނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ