އުރީދޫ އީދު ޝޯ މިފަހަރު ޑިޖިޓަލްކޮށް

ލޮކްޑައުންގެ ހާލަތުގައި ދިމާވެފައިވާ ގޮންޖެހުންތަކާ އެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ އީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކުރުމުގެ ގޮތުން އުރީދޫން "އުރީދޫ އީދު ޝޯ 2020" ގެ ނަމުގައި ޑިޖިޓަލް މިއުޒިކް ޝޯއެއް އިންތިޒާމް ކޮށްފިއެވެ.

އުރީދޫ އީދު ޝޯގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިންތަކެށް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި، ޒަކިއްޓެ، އަންޔާ، މީރާ، ޝަންމޫނު، ހަބޭސް އިންޑީ، ހަބޭސް ތޮލާ، އިބްރާހިމް ވަހީދު - ބޮޑުބެ އަދި ޒަމާނުއްސުރެ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ގިޓާ ކުޅުންތެރިޔާ ފަސީ ލައިވް ހިމެނެ އެވެ.

"ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި އުޅޭ އެންމެހާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތް އުރީދޫ މޯލްޑިވްސް އިން ފާހަގަކޮށް ޝުކުރު އަދާކުރުމާއި އެކު، އީދުގެ ތަހުނިޔާ އެފަރާތްތަކަށް ފޮނުވަ އެވެ،" އުރީދޫ އިން ނެރުު ބަޔާނެއްގައިވެ އެވެ.

"ފަސްޓް ރެސްޕޯންސްގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހިދުމަތްދިނުމުގެ އިތުރުން، އެހީތެރިކަމަށް ބޭނުންވެފައިތިބި އެތައް ބިދޭސީންނަކަށް ކެއުމާއި ސާފުތާހިރުވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ވަރުބަލި ކަމެއްނެތި ރެޑް ކްރެސެންޓްއިން ކުރަމުންދާ މަސައްކަތްވެސް އުރީދޫ އިން ވަނީ ފާހަގަކޮށްފައެވެ. މި ހިދުމަތުގެ އަގުވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި އެހީ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން އެދެނީ ވީހާވެސް ގިނަ ފަރާތްތަކުން ރެޑް ކްރެސެންޓަށް ޑޮނޭޓްކުރުމުގައި ބައިވެރިވުމަށެވެ."

އުރީދޫ އީދު ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައި އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ. ޝޯ ބާއްވަން ހަމަޖެހިފަވާ ގަޑީގައި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ މެދުވެރުކޮށް ނުވަތަ މި ލިންކް މެދުވެރިކޮށް ވެސް ޝޯ ބަލާލެވޭނެ އެވެ.

"އުރީދޫ މޯލްޑިވްސް އިން އިން، ގޭގައި ތިއްބަވައިގެން މި ކުލަގަދަ އީދު ޝޯގައި ބައިވެރިވުމަށް އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވަ އެވެ،" ބަޔާނުގައިވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ