ގައިދުރުކުރުމުގެ ފިޔަވަޅުތަކާއެކު މަޖިލީހުގެ ތަޅުމުގައި މިއަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ ފަށައިފިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެއްވެސް ތަނަކަށް މީހުން އެއްވެ އުޅުން މަނާ ކޮށްފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީސް މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ.
ނަމަވެސް މިއަދުގެ ޖަލްސާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ފަށާފައިވާއިރު މެންބަރުން ތިއްބެވީ އިޖުތިމާއީ ގައިދުރުކުރުމާ އެކުގައެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުރުން ހުރިހާ މެންބަރުންނާއި އިދާރީ މުވައްޒފުންވެސް ތިއްބެވީ މާސްކް އަލާއިގެންނެވެ.
އެޗްޕީއޭއިން މަޖިލީހުގެ ޖަލްސާ ތަޅުމުގައި ފެށުމަށް ހުއްދަދެއްވީ ޝަރުތުތަކަކާއި އެކުގައެވެ. އޭގެތެރޭގައި ޖަލްސާއަށް ވަނުމުގެ ކުރިން ޓެމްޕަރޭޗާ ބަލައި ހުން ނެތްކަން ކަށަވަރު ކުރުންމާއި އަލާމާތް ހުރި އެއްވެސް މީގަކު ޖަލްސާއަށް ނުވެއްދުމާއި އެކަކު އަނެއްކަކާ ދެމެދު ތިން ފޫޓްގެ ދުރުމިން ބެހެއްޓުން ހިމެނެއެވެ. އަދި މަޖިލީހުގައި ސައިބޯނި ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުމުގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ އާންމު އިރުޝާތުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.



