ދިވެހި ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ބަޔަކަށް ހެދުމަށް ރައީސް ވެ ވަޑައިގެންނެވި ވަޢުދު ފުއްދަވައިފި ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގައި ދިވެހި ސިފައިން ދެއްކި ހިތްވަރާއި ވެ ވަޑައިގެންނެވި ޤުރުބާނީ ދައްކުވައިދޭ ވީޑީއޯއެއް ޙިއްސާ ކުރައްވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވެރިކަމުގެ ހުވާ ކުރައްވައި "ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް" ލިބިފައިވާ ބަޔަކަށް ހައްދަވާނެ ކަމަށެވެ.
މާރިޔާ ވިދާޅުވެފައިވަނީ މިއަދު ދިވެހި ސިފައިންނާއި ގުޅޭ ގޮތުން ރައްޔިތުން ޙިއްސާ ކުރާ އިޙްސާސްތަކުން ރައީސްގެ މި ވަޢުދު ފުދިއްޖެކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.
HEP @ibusolih verikamage huva kuravva “Sifainaky rayithunge ithbaraai ihthiraam” libifaiva bayakah haddhavaane kamah vidhaalhuvi. Miadhu @MNDF_Official aa gulhey gothun rayyithun hissaa kuraa ihsaas thakun Raees ge mi Vaudh fudhijje kamah qabool kurevey?https://t.co/HMIBLD9CsA
— Mariya Didi ? (@MariyaDidi) May 29, 2020
ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން، މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅުތަކާއި ގުޅިގެން ދިވެހި ސިފައިން ވަނީ ނަމޫނާ ދައްވާފައެވެ. އެގޮތުން ކޮވިޑް-19 ގެ މި ހާލަތުގައި ފްރޮންޓްލައިންގައި ރައްޔިތުންގެ ޚިދުމަތުގައި ވަރުބަލި ކަމެއް ޖެހިލުމެއް ނެތި ދިވެހި ސިފައިން ޝާމިލް ވާގޮތަށް ގިނަ ބަޔަކު ދިޔައީ މަސައްކަތް ކުރައްވަމުންނެވެ.
މިހާލަތުގައި ސިފައިންނާއި އެނޫންވެސް ފަރާތްތަކުން ކުރި ބުރަ މަސައްކަތަށް ރައްޔިތުންގެ ލޮއެއްބާއި ތަޢުރީފު ވަނީ ލިބިފައެވެ.



