މަޖިލިސް ރައީސްގެ މަގާމުން ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައިފި އެވެ.
ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވެވި ސިޓީއެއްފައި ބުނެފައިވަނީ ރައީސް ނަޝީދުގެ އަމަލުތައް މިވަގުތު ހުރި ގޮތުން ރައްޔިތުންގެ މަޖްލިސްގެ ރައީސް ކަމުގެ މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަންހުރި ކަމަށް ނުފެންނާތީ ވަގުތުން ވަގުތައް ޔައްޔިތުންގެ މަޖްލިސްގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ހާއްސަ ހާލަތު އިއުލާން ކޮއްފައިވަނިކޮށް އަދި މުޅިމާލެ ފުރަބަންދުގެ ހާލަތުގައި އޮއްވާ ސަރުކާރަށް ގޮންޖައްސަވައި ރައްޔިތުންގެ މަޖްލިސްގެ އިދާރާގައި ޖަލްސާތައް ބާއްވަން ފެށުމަކީ ރައްޔިތުންނަށް ނަމޫނާ ދައްކަވަންޖެހޭ، ރައްޔިތުންގެ މަޖްލިސް މެންބަރުން ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ތެރެއަށް ވައްޓާލުމަށް ރައީސް ނަޝީދު ހިންގެވި ޖަރީމާއެއް ކަމަށެވެ.
މިއަދު، ސަރުކާރަށް އެންމެ ބޮޑަށް މަޖްލިސްގެ އެއްބާރުލުން ލިބެންޖެހޭ ދަޑިވަޅުގައި، 19 ވަނަ ރައްޔިތުންގެ މަޖްލިސް ހިންގަވަމުން ގެންދަވަނީ ސިޔާސީ އައްޑާއެއްގެ ގޮތުގައި ކަމަށްވެސް ޖާބިރު ވަނީ ރައީސް ނަޝީދަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައެވެ.
މަޖިލިސް ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ބާއްވަމުން ގެންދަވާއިރު ޖާބިރު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަންނަވާ މަންޒަރެއް ނުފެނެއެވެ.




2 Responses
މަށަށް ފެނޭ ޖާބިރުވެސް އިސްތިއުފާދޭން
Juhaa bunyas thedheh waany thedhakah