ޓެސްލާ ކުންފުނީގެ ސީއީއޯ އަދި މަޝްހޫރު ބިލިއަނަރު އިލޯން މަސްކް އާއި އޭނާގެ ބައިވެރިޔާ، މަޝްހޫރު ލަވަކިޔުންތެރިޔާ ގްރައިމްސް އަށް ދާދިފަހަކުން ފިރިހެން ދަރިއަކު ލިބިފައިވާއިރު، މި ދަރިފުޅަށް ކިޔާފައިވަނީ އާދައިގެ ނަމެއް ނޫނެކެވެ. އެލޯން އޭނަގެ ދަރިފުޅަށް ކިޔާފައިވާ ނަން ވެގެންގޮސްފައިވަނީ މި އަހަރުގެ އެންމެ ކޮންޓްރޮވާޝަލް ނަމަށެވެ.
މި މަހުގެ 5 ގައި އިލޯން އާއި އޭނަގެ ބައިވެރިޔާ ގްރައިމްސް އަށް ލިބުނު އަލަތު ފިރިހެން ދަރިފުޅަށް ދީފައިވާ ނަމަކީ، XAE A-12 އެވެ. ނަމަވެސް މިދެބައިވެރިން ދިރިއުޅޭ ކެލިފޯނިއާގެ ގާނޫނުނުން މި ނަން ބަލައިނުގަތުމާއެކު، އިލޯން މި ވަނީ އެންމެފަހުން މި ނަން ބަދަލުކޮށްފައެވެ. އިލޯން އާއި ގްރައިމްސްގެ މި ފިރިހެން ދަރިފުޅުގެ މިހާރުގެ ނަމަކީ، XAE A-Xii އެވެ.
އެއާއެކުވެސް މި ނަމާއި ގުޅޭގޮތުން އެކި ފާޑުކިޔުންތައް އަމާޒުވެ އަދި މީހުންގެ މެދުގައި މި ނަން އޮޅުން ބޮޅުންވުމުން، ގްރައިމްވަނީ އޭނަގެ ދަރިފުޅަށް ވަނަމެއް ދޭން ނިއްމާފައެވެ. އެގޮތުން ގްރައިމް ހާމަކުރިގޮތުގައި އޭނަގެ ދަރިފުޅަށް ކުރުކޮށް ކިޔާނެ ނަމަކީ، "ލިޓްލް X"އެވެ.
އިލޯން އާއި ގްރައިމްސްގެ މި ފިރިހެން ދަރިފުޅުގެ ނަން، XAE A-Xii އަށް ބަދަލުކޮށްފައިވާއިރު، ކުރީގެ ނަމާއި އަޅާ ބަލާއިރު، ނަމަށް ހަމައެކަނި އައިސްފައިވާ ބަދަލަކީ، ނަމުގެ ފަހު އިންގްލިސް ނިއުމަރިކަލް ނަންބަރު 12، ރޯމަން ނިއުމަރިކަލް ނަންބަރު Xii އަށް ބަދަލުކުރެވިފައިވުމެވެ. ސަބަބަކީ، މީހަކަށް ކިޔާ ރަސްމީ ނަމެއްގައި، އިންގްލިސް ނިއުމަރަލް އެއް ހުރުން ކެލިފޯނިއާގެ ޤާނޫނުން ހުއްދަ ނުދޭތީއެވެ.
ކެލިފޯނިއާގެ ޤާނޫނުގައި ވާގޮތުން، މީހަކަށް ކިޔާނަމުގައި އެކުލެވޭނީ، އިނގިރޭސިބަހުގެ 26 އަލްފެބެޓިކް އަކުރުތަކެވެ. ނަމަވެސް ޕަންޗުއޭޝަން މާކްގެ ތެރެއިން، ޑޭޝް އަދި އެޕޯސްޓްރޮފީ ބޭނުން ކުރެވިދާނެއެވެ.
އިލޯން އަދި ގްރައިމްސްގެ މި ފިރިހެން ދަރިފުޅަށް ކީ އާދަޔާ ޙިލާފު ނަމުގެ އަކުރު ތަކުގެ މާނައަށް ބަލާއިރު، AE އަކީ، އިލަވަން(11) ގެ ސްޕެލިންއެވެ. އަދި ނަންބަރު 12 އަކީ، އެމީހުންގެ ފޭވަރިޓް އެއަރކްރާފްޓް SR-71 އަށް ނިސްބަތްކޮށް ދީފައިވާ އަކުރެކެވެ. އަދި X އަކީ، “އަންނައުން ވޭރިއަބްލް”އެކެވެ.
މި ދަރިފުޅަކީ، ލަވަކިޔުންތެރިޔާ ގްރައިމްސްގެ ފުރަތަމަ ދަރިފުޅެވެ. އަދި އެލޯންގެ ހަ ވަނަ ފިރިހެން ދަރިފުޅެވެ. އެލޯންއާއި އޭނަގެ ކުރީގެ އަންހެނުން، ލިޔުންތެރިޔާ ޖަސްޓިން ވިލްސަން އަށް ވަނީ ފަސް ފިރިހެން ކުދިން ލިބިފައެވެ.
"ލިޓްލް X" ގެ ލޯބި ފޮޓޯތައް މި ދެމަފިރިން ސޯޝަލް މީޑިއާގައި ހާމަކުރަމުން އަންނައިރު، ދެމީހުންގެ މި އަލަތު ދަރިފުޅަށް ފޭނުންގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ލިބިފައެވެ.




