މަޖިލީހުގެ ރައީސް- ފޮޓޯ؛ ހަސަން ޒިޔާއު / ޓްވިޓަރ

ކައުންސިލަރުންގެ ދައުރު ދިގުދަންމާލައި ޤާނޫނު އަސާސީ އިސްލާހު ކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ އައު ކައުންސިލަރުންގެ އިންތިޚާބުކުރެވެންދެން މިހާރު ތިބި ކައުންސިލަރުން ދައުރު ދެމިގެންދާގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށްފައިވާއިރު މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު މިރޭ ހަމަވާނެއެވެ. ކައުންސިލްތަކަށް އައު މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ކުރަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށައެޅިއެވެ. މި ބަލަށް ބަހުސްކުރުމަށްފަހު މިހާރު އިއުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނު އަސާސީއަށް އިސްލާހު ކުރެވިދާނެކަމާއި މެދު މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިގެން ދިޔައެވެ. އަދި އެއް މައްސަލަ ސުޕްރީމްކޯޓްގެ ލަފަޔަކަށް ހުށައެޅުން އެކޯޓުން ލަފާދެއްވީ ޤާނޫނު އަސާސީ އިސްލާހުކުރެވޭކަމަށެވެ.

ރޭ މެންދަމު 1:30ގައި ބޭއްވި މިޖަލްސާގައި ޤާނޫނު އަސާސީ އިސްލާހު ކުރަން ވޯޓް ދެއްވީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 74 މެމްބަރުންނެވެ. މީ މިހާ ދަންވަރު މަޖިލީހުގެ ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ