ހުޅުމާލޭގައި ހަދަމުންދާ ހިޔާ މަޝްރޫޢުގެ ފްލެޓްތައް - ސަން ފޮޓޯ: ފަޔާޒް މޫސާ

ހުޅުމާލެ ފޭސް 2 އިން ފެންނަނީ ހަމައެކަނި ރައީސް ޔާމީން ފެއްޓެވި މަޝްރޫޢުތައް - މުޢިއްޒު

ހުޅުމާލެ ފޭސް 2 އިން ފެންނަނީ ރައީސް ޔާމީން ފެއްޓެވި މަޝްރޫޢުތައް ކަމުގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ 1700 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ފޮޓޯއެއް ހިއްސާކުރައްވައި މުޢިއްޒު ވަނީ އެއީވެސް އޮޅިގެން ކުރެވުނު ކަމެއްތޯ ސުވާލު ކުރައްވާފައެވެ. "ބިންގާ އެޅީ އިރު %85 ފައުނޭންސް ހަމަނުޖެހޭ. އަދިވެސް ހަމަނުޖެހޭ" މުޢިއްޒު ވިދާޅުވެފައިވެއެވެ.

މުޢިއްޒު ވިދާޅުވެފައިވަނީ ފައިނޭންސް ހަމަޖެހުމުގެ ފުރުޞަތު ވަރަށް ހަނި ކަމަށާއި، ހުޅުމާލެ ފޭސް 2 އިން ފެންނަނީ ހަމަ އެކަނި ރައީސް ޔާމީން ފައްޓަވާފައިވާ މަޝްރޫޢުތައް ކަމަށެވެ.

ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީން ސަރުކާރުން އަޅާފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓްތަކާއި ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަ ކުރަމުންދާ ދުވަސްވަރެއްގައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ