ފަޒުލްގެ ޤަރާރު މަޖިލީހުން ބޭރެއް ނުކުރޭ : މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ފުލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު، މަޖިލީހުން ބޭރު ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާޢު ވިދާޅުވީ ފަޒުލް ހުށައެޅުއްވި ޤަރާރު ރައްޔިތުންގެ މަޖިލީހުން ބޭރު ނުކުރައްވާ ކަމަށެވެ. އަދި އަންގާރަ ދުވަހު މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ސަލާމް ވިދާޅުވުމުން، އެޤަރާރުގެ މަސައްކަތް ކުރިޔަށް ނުގެންދެވި އޮތީ ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

މި ޤަރާރަކީ ފުލިދޫ ރަށް ގިރުމުގެ މައްސަލައިގައި ކަމާބެހޭ އިދާރާތައް ޖަވާބުދާރީކުރުވަން ފަޒުލް ހުށަހެޅުއްވި ގަރާރެ ކެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ވަނީ މި ފަޒުލް ހުށައެޅުއްވި ޤަރާރު މަޖިލީހުން ބޭރު ކޮށްލެއްވީ ކަމަށް ވިދާޅުވެފައެވެ. އިދިކޮޅު ޕީޕީއެމް، ޕީއެންސީ އިން ވަނީ ޤަރާރު ބޭރުކޮށްލީ ކަމަށް ވިދާޅުވެ އެކަން ކުއްވެރިކޮށް ޤަރާރެއްވެސް ނެރެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހަށް ފޮނުވާ ޤަރާރެއް ހުށައަޅުންވަން ޖެހި ވަޑައިގަންނަވާނީ އެ ޤަރާރެއް މަޖިލީހަށް ފޮނުވާ މެންބަރެކެެވެ. މަޖިލީހުގެ އިދާރާއިން ވަނީ އެދުވަހު ފަޒުލް ހުންނެވީ ސަލާމްގައި ކަމަށް ވިދާޅުވެފައެވެ.

ފަޒުލްގެ ގެ ޤަރާރު އެޖެންޑާ ކޮށްފައިވަނީ އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގެ އެެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ