ސިފައިންނަށް ސިފައިންގެ ހޮސްޕިޓަލް، ސެނަހިޔާ ތަރައްގީ ކުރުމާ ބެހޭގޮތުން ޑިފެންސް މިނިސްޓްރީން އިންޑިއާގެ ސިފައިންނާ މަޝްވަރާކޮށްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖެއަށް ވަޑައިގެންއުޅުއްވާ އިންޑިއާގެ ސިފައިންގެ ވަފުދުގައި ހިމެނި ވަޑައިގަންނަވާ މޭޖަރ ޖެނެރަލް ޑރ. ޕްރަޝަންތް ބާރްދްވާޖްއާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ އެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
އާދިއްތަ ދުވަހު ބޭއްވި އެ ބައްދަލުވުމުގައި ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމާ ބެހޭ ގޮތުން މިނިސްޓަރު މަޝްވަރާކުރެއްވި ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.
Delegation headed by Major Gen. (Dr) Prashant Bharadwaj is visiting Maldives for discussisons to improve medical facilities for Maldivian citizens and assistance to Senahiya Military Hospital. The delegation met Defence Minister @MariyaDidi Health Minister @ameenex and @CDFofMNDF pic.twitter.com/d180mM2N4n
— India in Maldives (@HCIMaldives) May 12, 2019
ދިވެހި އަސްކަރިއްޔާގެ ޞިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް އިންޑިއާއިން އެހީވެދެވިދާނެ ގޮތްތަކާ މެދުގައި އިންޑިއާ ސިފައިންގެ ބޭފުޅުންނާއެކު މަޝްވަރާ ކުރައްވާފައިވާއިރު، ވޭތުވެދިޔަ 25 އަހަރު އިންޑިއާ ސިފައިން ރާއްޖޭގެ އަސްކަރިއްޔާއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައިވެއެވެ.
Privileged to meet Major General Dr P Bharadwaj and his team to discuss ways to structure assistance and improve MNDF Medical Services.
— Chief of Defence Force MG.Abdulla Shamaal (@CDFofMNDF) May 13, 2019
Also appreciate the training assistance and support provided by the Indian Armed Forces Medical Corps over the past 25 years. pic.twitter.com/DWKHJ1LN6B



