ދަތުރުކުރަމުންދިޔަ ދެ ޑިންގީއެއް ދިޔަވާތީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، ގދ. ހައުޑިގަލާއިން ގދ. ތިނަދޫއަށް ދަތުރުކުރި2 ޑިންގީއެއް ދިޔަވާތީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އެގޮތުން އެމްއެންޑީއެފް ސަދާން އޭރިއާގެ ކޯސްޓް ގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އެދެޑިންގީގައި ތިބި މީހުން ގދ. ތިނަދޫއަށް ގެންގޮސްދީފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު ފަހު 15:58 ހާއިރުކަމަށެވެ.
Gdh.Haudigala in Gdh.Thinadhoo ah dhathuru kuri 2 dingy akha dhiyavaathee e dhe dingy gai thibi meehun, MNDF Southern Area Coast Guard Squadron ge eheetherikamaa eku Gdh.Thinadhoo ah genegos dheefi. Mi haadhisaage mauloomaathu MNDF CG MRCC ah libifaivanee miadhu 15:58 haairu.
— Maldives National Defence Force (@MNDF_Official) June 13, 2020
އެމްއެންޑީއެފްއިން ވިދާޅުވީ، ހައުޑިގަލާއަށް ދަތުރުދިޔަ ދެޑިންގީގެ ތެރޭގައި ހިމެނެނީ 6 މީހުންނާއެކު ދަތުރުކުރި "ރަންދިޔެ" ނަމަކަށް ކިޔާ ޑިންގީއަކާއި އަދި 5 މީހުންނާއެ ދަތުރުކުރި "ކުރި" ނަމަކަށް ކިޔާ ޑިންގީއެއްކަމަށާއި، މި ދެ ޑިންގީގައި ތިބި ޖުމުލަ 11 މީހަކު، ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ވަނީ މިއަދު 17:15 ހާއިރު ގދ.ތިނަދޫއަށް ގެންގޮސްދީފައިވާކަމަށެވެ. އަދި
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފައިވެއެވެ. އަދި މިދުވަސްވަރު ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށްވެސް އެމްއެންޑީއެފްއިންވަނީ ވިދާޅުވެފައެވެ.



