އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް | ފޮޓޯ: އަވަސް

އައްޑޫ އިން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ ގޮތް ހަދައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ ގޮތް ހަދައިފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލަށް ކޮވިޑް-19 އަށް ޓެސްޓު ކުރާ ކިޓް ލިބިފައިވާކަމަށާއި ޕީސީއާރް ޓެސްޓު ހެދުމަށް އެ ހޮސްޕިޓަލު ތައްޔާރުވެފައިވާކަމަށެވެ.

މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން އަތޮޅެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ފުރަތަމަ ސިޓީއެވެ. މީގެ ކުރިން ރަށް ރަށުން ކޮވިޑް-19 އަށް ޓެސްޓު ކުރަންވެސް ސާމްޕަލް ނެގުމަށްފަހު ގެންނަން ޖެހިނީ މާލެ އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފް ސާދާތު ވިދާޅުވީ ޕީސީއާރު މެޝިނާއި އެކްސްޓްރެކްޓަރ އަކީ ކުރިންވެސް އެ ހޮސްޕިޓަލުގައި ހުރި މެޝިނަރީޒް ކަމަށާއި ކޮވިޑް-19 ޓެސްޓު ކިޓްތައް މިހާރު ލިބިފައިވުމުން އެ ހޮސްޕިޓަލުން މިހާރު ކޮވިޑް-19 އަށް ޓެސްޓު ކުރެވޭމެ ކަމަށެވެ.

އައްޑޫ ހިތަދޫ ރީޖިނަލް ހޮސްޕިޓަލް ވަނީ ކޮވިޑް-19 އަށް ފަރުވާދޭ ސެންޓަރަކަށް ބަދަލުކުރުމަށް ނިންމައިފައެވެ. އައްޑޫ ސިޓީގެ ކަރަންޓީން ފެސިލިޓީއެއްގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭނާއަށް ފަރުވާދޭނީ އައްޑޫ ސިޓީގައިކަމަށް އެންއޯއީސީ އިން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ