އައްޑޫ ސިޓީގެ ހިތަދޫގެ ބޮޑުމަގުގައި އެއްވަގުތެއްގައި މިރޭ ދެ އެކުސިޑެންޓު ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީ، ހިތަދޫގެ ބޮޑުމަގުގައި ދެސައިކަލު ޖެހި މިރޭ 19:40 އެހާކަންހާއިރު އެކުސިޑެންޓެއް ހިނގައިފައިވާ ކަމަށެވެ. އަދި އެކުސިޑެންޓުވި ސަރަހައްދުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހަކު ދުއްވާލި ވަގުތު ކާރެއްގައި ޖެހި އިތުރު އެކުސިޑެންޓުވެފައިވާ ކަމަށެވެ.
މި ދެއެކުސިޑެންޓުގައި ތިންމީހަކަށް އަނިޔާވެފައިވާއިރު މި ތިންމީހުންނަށްވެސް މާ ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށާއި މި އެކުސިޑެންޓު ތަކުގައި ހިމެނޭ ހުރިހާ އެންމެންގެ އަތުގައިވެސް އީ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސު އޮތްކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތައް މިހަފްތާގެ ހޯމަ ދުވަހު ނެގިފަހުން އެކުސިޑެންޓުތައް ހިނގުން މިހާރުވަނީ އާންމުވާން ފަށައިފައެވެ. މިގޮތުން މިހަފްތާގައި މާލޭގައިވެސްވަނީ އެކުސިޑެންޓެއް ހިނގައިފައެވެ.





ހިޔާލު
އީ ކެޓަގަރީ ތޯ؟
ގަމާރުން