"އާލިއާ ބަޓް"ގެ އިންސްޓްގްރަމް ފޮލޯވަރުންގެ އަދަދު ދަނީ ދައްވަމުން!

ދާދިފަހަކުން ދަންޖެހިފައި ހުއްޓާ ފެނުނު ބޮލީވުޑްގެ މަޝްހޫރު ތަރި "ސުޝާންތް ރާޖްޕުތް ސިންހް" ގެ މަރާއެކު މުޅި ބޮލީވުޑް މިވަގުތު އޮތީ ސިހުމެއްގެ ތެރޭގައެވެ. މިއާއެކު ސުޝާންތްގެ މަރާއެކު ބޮލީވުޑްއާއި ގުޅޭގޮތުން ކުރިން ދައްކަމުން ދިޔަ އެތައް ވާހަކަތަކެއް އަލުން ވަނީ ފެންމަތިވެފައެވެ. މީގެ ތެރެއިން އެއް ވާހަކައަކީ "ނެޕޮޓިޒަމް" ނުވަތަ ބޮލީވުޑްގެ އާއިލާތަކުގެ ދަރިންނަށް އިސްކަން ދިނުމުގެ ވާހަކައެވެ.

އެގޮތުން އާއްމުންގެ ފަރާތުން އެންމެ ބޮޑު ފާޑުކިިޔުމެއް އަމާޒުވެފައިވަނީ، މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރ، ކަރަން ޖޯހަރު އާއި މަޝްހޫރު ބަތަލާ އާލިއާ ބަޓް އަށެވެ. މި ދެ ތަރިންވެސް، ސުޝާންތުއަށް ތައުޒިއާގެ މެސެޖް ފޮނުވާފައިވީނަމަވެސް، ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި ސުޝާންތެ މަރުގެ ފަހަތުގައި ވަނީ ކަރަން ޖޯހަރު ފަދަ، ނެޕޮޓިޒަމް އަށް އިސްކަންދޭ ބޮލީވުޑްގެ ފަރާތްތަކެވެ.

އެގޮތުން މީގެ ކުރިން އިންޓަވިއުތަކުގައި، އާލިއާ ބަޓް އާއި ކަރަން ޖޯހަރު ވަނީ، ސުޝާންތުއަށް ޖޯކު ޖަހާ މަލާމާތް ކުރާ ފަދަ ގޮތަކަށް ވާހަކަތައް ދައްކާފައެވެ. އެގޮތުން ކަރަންގެ އަމިއްލަ ޓީވީ ޓޯކް ޝޯ "ކޮފީ ވިތް ކަރަން"ގައި، ސުޝާންތް އަކީ ޓީވީ ސީރިއަލް އަކުން ބޮލީވުޑަށް ނިކުތް މީހަކަށް ވުމުން މަލާމާތް ކޮށް އެކަމާއި ޖޯކު ޖަހާފައިވެއެވެ.

ބޮލީވުޑްގައި ކަރަން ޖޯހަރު އަކީ، ބޮލީވުޑްގެ ތަރިންގެ ދަރިންނަށް އިސްކަން ދޭ މީހެއްކަމަށް ވާހަކަތައް ދެކެވެން ފެށުމާއެކު، އޭނަގެ އިންސްޓަގްރަމް ފޮލޯވަރުންގެ އަދަދު ވަނީ ދަށްވާން ފަށާފައެވެ. އަދި އާލިއާ ބަޓްގެ އިންސްޓަގްރަމް ފޮލޯވަރުންގެ އަދަދުވެސް، ވަރަށް ބޮޑަށް ދައްވެފައިވާކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން އާލިއާ ބަޓް ގެ އިންސްޓަގްރަމްގައި، ސުޝާންތް މަރުވުމާއެކު ހިއްސާކޮށްފައިވާ ސުޝާންތްގެ ފޮޓޯއަށް ގިނަ މީހުން ކޮމެންޓްކޮށްފައިވަނީވެސް އާލިއާ ބަޓް އަން ފޮލޯކޮށްފިކަމަށް ބުނެއެވެ.

އިއްޔެ ހެނދުނު ފޮލޯވަރުންގެ އަދަދު ހުރިވަރު

ބޮލީވުޑްގެ ޙަބަރުތައް ބުނާގޮތުން 3 ދުވަސްތެރޭގައި އާލިއާ ބަޓްގެ އިންސްޓަގްރަމް އެކައުންޓުން 500 އަށްވުރެ ގިނަ ފޮލޯވަރުން ވަނީ މަދުވެފައެވެ. އާލިއާ ބަޓް ގެ އިތުރުން، "ކޮފީ ވިތް ކަރަން" ގައި ސުޝާންތްއަށް މަލާމާތް ކުރި އެކްޓްރެސް ސޯނަމް ކަޕޫރުގެ އިންސްޓަގްރަމް އެކައުންޓުންވެސް ފޮލޯވަރުން އަންނަނީ މަދުވަމުންނެވެ.

އިއްޔެ ރޭގަނޑު ފޮލޯވަރުންގެ އަދަދު ހުރިވަރު

ސުޝާންތެ ގެ މަރާއެކު، އޭނަގެ މަރުގެ ޒިންމާ ނަގަންޖެހޭނެކަމަށް ބުނެ ބޮލީވުޑްގެ ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާއި ދެކޮޅަށް ދައުވާވެސް ވަނީ އުފުލާފައެވެ. މީގެ ތެރޭގައި އެކްތާ ކަޕޫރު، ކަރަން ޖޯހަރު އަ ސަންޖޭ ލީލާ ބަންސާލީ އަދި ސަލްމާން ޙާން ވެސް ހިމެނެއެވެ.

ސުޝަންތް މަރުވެފައި އޮއްވާ ފެނުނީ މުމްބާއީގައި އޭނާ ދިރިއުޅެމުންދާ ގޭގެ ތެރެއިން ދަންޖެހިފައި ހުއްޓައެވެ. އޭނާ ޑިޕްރެޝަންގައި އުޅެމުންދާތާ ހައެއްކަ މަސް ވެދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ