ބޮލީވުޑްގެ މަޝްހޫރު ޒުވާން ބަތަލާ އާލިއާ ބަޓްވެސް ލޮކްޑައުން އާއި ގުޅިގެން މިދުވަސް ކޮޅު ސޯޝަލް މީޑިއާއާއި ވަރަށް ގާތެވެ. އެގޮތުން ދާދިފަހަކުން އާލިއާ ވަނީ، އޭނަގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާ ފޮޓޯއެއް އިިންސްޓަގްރަމް ގައި ހިއްސާކޮށްފައެވެ. އަދި ލޮކްޑައުންގައި އިނދެ ހެއަރ ސްޓައިލިސްޓެއް ލައްވާ އިސްތަށިގަނޑަށް ބަދަލެއް ގެނައިކަމުގައި އޭނާ ބުންޏެވެ. އަދި މި ހެއަރސްޓައިލިސްޓް އަކީ، އޭނަގެ ލޯބިވެރިޔާ އަދި އެކްޓަރު ރަންބީރު ކަޕޫރުކަން ފަޅާއަރައިފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅުނު އާލިއާގެ ދިގު އިސްތަށިގަނޑު ކުރުކޮށް ކޮށާލުމުން އޭނަގެ ބައެއް ފޭނުން އެކަމާއި ދެރަވެގެންވެސް އުޅުނެވެ. އެހެންނަމަވެސް، އާލިއާ ކުރު އިސްތަށިގަނޑާއެކު ފެންނަލެއް ވަރަށް ޗާލުކަމަށް ގިނަ ފޭނުން ވަނީ ބުނެފައެވެ. ހަމަ އެއާއެކު، ލޮކްޑައުންގައި އިނދެ އާލިއާގެ އިސްތަށިގަނޑު ކޮށާލީ ކާކުތޯ ފޭނުން ވަނީ ސުވާލުކޮށްފައެވެ.
އާލިއާ ކުރު އިސްތަށިގަނޑާއެކު ނަގާފައިވާ ފޮޓޯ އިންސްޓަގްރަމް ގައި ހިއްސާކުރުމުން، ކެޕްޝަންގައި އޭނަގެ މަލްޓިޓެލެންްޓެޑް ލޯބިވާ މީހާއަށް ޝުކުރު އަދާކޮށްފައިވެއެވެ. މިހެންވެ މިކަމާއި ސުވާލުކޮށް، ފޭނުން އޭރުވެސް ވަނީ އެއީ ރަންބީރު ކަމުގައި ބުނެފައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އާލިއާ އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.
އެހެންނަމަވެސް، އާލިއާގެ އިސްތަށިގަނޑު ކޮށާލީ ރަންބީރުކަން އެންމެ ފަހުން ފަޅާއަރުވާލީި އާލިއާގެ ގާތް ފަރާތެއްކަމުގައި ވާ މަޝްހޫރު ފިލްމް ޑައިރެކްޓަރު ކަރަން ޖޯހަރެވެ. އެގޮތުން ވަރަށް ފަހަކުން ލޮކްޑައުންގައި އިނދެ ކަރަންގެ މަންމައާއި ކަރަންގެ ދަރިންނާއެކު، ވަނީ އިންސްޓްގަރަމް ލައިވް ސެޝަންއެއްގައި، ކުރިއަށް ގެންގޮސްފައެވެ. އަދި މި ސެޝަންގެ ތެރެއިން ކަރަން އަށް އޮޅިގެން އެ ވާހަކަ ވަނީ ފޭނުންނާއި ހިއްސާކުރެވިފައެވެ.
ރަންބީރު އާލިއާގެ އިސްތަށިގަނޑު ކޮށާލި ވާހަކައިގެ އިތުރުން، އާއިލާއާއި ރަންބީރު މި ލޮކްޑައުންގައި ހުރީ އެކުގައި ވަރަށް އުފަލުންކަމަށްވެސް ކަރަން ވަނީ ބުނެފައެވެ.
View this post on InstagramA post shared by Alia Bhatt ☀️ (@aliaabhatt) on
ދާދިފަހަކުން ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު މަރުވެފައިވާއިރު، އާލިއާ ވަނީ ރަންބީރު ގެ އާއިލާއާއެކު ވަގުތުތައް ހޭދަކޮށްފައެވެ. އަދި މިވަގުތު އޭނާ ހުރީވެސް ރަންބީރުއާއެކު އެވެ.





ހިޔާލު
Mives khabareththa