މިއަހަރުގެ ޙައްޖު ވެވެނީ ހަމައެކަނި ސައުދީގައި އުޅޭ މީހުންނަށް

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީ އަރައްބިޔާގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށް ސައުދީ ސަރުކާރުން ނިންމައި އިއުލާންކޮށްފި އެވެ.

ސަޢުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވިދާޅުވީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އެބަލި ފެތުރުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުމަށްޓަކައި މި ހިނގާ 1441 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ވީހާވެސް މަދުބަޔަކަށް ދިނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ސައުދީގެ ރައްޔިތުންގެ ތެރެއިން ފުރުސަތުދޭ މީހުންގެ އިތުރުން އެޤައުމުގައި ދިރިިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންގެ ތެރެއިން ބަޔަކަށް މިފަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެއްވާނެކަމަށެވެ.

ސައުދީގެ މި ނިންމުމަކީ ކޮވިޑް-19ގެ ކޭސްތައް ގިނަވެފައިވާ ދަނޑިވަޅެއްގައި އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން ހައްޖުގެ އަޅުކަން އަދާކުރުމަށް ދަތިތަކާއި ކުރިމަތިވާނެތީވެ ނިންމި ނިންމުމެއްކަމަށް އެގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ސައުދީ އަރަބއްިޔާއިން ކޮވިޑް-19 އަށް 161,005 މީހަކު ޕޮޒިޓިވްވެފައިވާއިރު 1,307 މީހަކު ވަނީ އެ ބަލީގައި އެގައުމުން މަރުވެފައެވެ. އަދި ސައުދީ މި ބަލި ފެންނަ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ