ކާށިދޫ ދާއިރާގެ ސެކްރެޓޭރިއެޓް އަކަށް ނަހުލާ ހަމަޖެއްސި ވާހަކަ އޭނާ ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ސެކްރެޓޭރިއެޓް އަކަށް ނަހުލާ އަލީ ހަމަޖެއްސި ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

ނަހުލާ އަލީގެ ފޭސްބުކް އެކައުންޓުގައި މިޚަބަރު ދޮގުކުރަމުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަޖިލިސް ސެކްރެޓޭރިއޭޓް ބެލެހެއްޓުމަށް ފުރުސަތު ލިބުނު ކަމަށެވެ. ނަމަވެސް، އެފުރުސަތު ގަބޫލު ކޮށްފައި ނުވާނެ ކަމަށެވެ.

މީގެއިތުރުން ނަހުލާ ބުނެފައިވަނީ، ނަހުލާއަކީ ޕީޕީއެމް މީހެއް ކަމަށާއި ތާއީދުކުރަނީ ރައީސް ޔާމިނަށް ކަމަށެވެ. އަދި ސިޔާސީ ދާއިރާއިން މަތީތައުލީމް ހާސިލްކޮށްފައިހުރި މީހަކަށް ވާތީވެ ވަރަށްގިނަ ސިޔާސީ ފުރުސަތުތައް އަބަދުވެސް ލިބޭ ކަމަށެވެ.

ނަހުލާ ކާށިދޫ ދާއިރާގެ ސެކްރެޓޭރިއެޓް އަކަށް ހަމަޖެއްސިކަން މިއަދު އިއުލާން ކޮށްފައިވަނީ ޑީއާރުޕީ އިންނެވެ. އެޕާޓީގެ ރަސްމީ ޓުވިޓާ އެކައުންޓުން މިއަދުކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަޖިލިސް ސެކްރެޓޭރިއޭޓުގެ މަގާމަށް ނަހުލާ އަލީ ހަމަޖައްސަވައިފައިވާ ކަމަށެވެ.

ނަހުލާ އަލީއަކީ މީގެކުރިން ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވުމަށްފަހު އެޕާޓީ ދޫކުރައްވައި ޕީޕީއެމް އާއި ގުޅިވަޑައިގެންނެވި ބޭކަނބަލެކެވެ.

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ރައުނާ

    މީހުނަށް ނޭގެންޔަ ވަޒީފާއެއް ނުލިބޭ ދުވަސްކޮޅެއްގަވެސް ”ސެކެޓްރީ“ އޯކޭ
    މީހުނަށް އެގެންޔާ، ކަމަކުނުދޭ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ