ފުލުހުން ހޯދާފައިވާ ފައިސާ ތަކެއް | ފޮޓޯ : ޕޮލިސް

މަޖީދީމަގުން ހޮވި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިފައިސާތަކަކީ 2020 ޖޫން 29 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، މަޖީދީމަގު މޯބައިލްޓްރީ ފިހާރަ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެކެވެ.

މި ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 459201 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާތަކާ ހަވާލުވުމަށް ފުލުހުން ވަނީ ދަންނަވާފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ފައިތުވި މަސްތެރޭގައި އައްޑޫގައި ވަނީ ބިދޭސީއަކު މަގުމަތިން ހޮވި އެލައްކަ ރުފިޔާވެސް ވެރިފަރާތާއި ހަވާލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ