އައްޑު ސިޓީ އަށް އުދަ އަރަނީ | ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީ އަށް އުދަ އަރައިފި

އައްޑޫ ސިޓީ މަރަދޫ އަށް މިއަދު ހެނދުނު އުދަ އަރައިފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީ، މަރަދޫ އާއި ހަންކެޑަ ގުޅަނެ ސަރަހައްދުން ވަނީ ވަރަށް ބޮޑަށް އުދަ އަރައިފައެވެ. މީސް މީޑިއާގައި ދަނީ އައްޑޫ ސިޓީ އަށް އުދަ އަރަމުންދާ މަންޒަރުގެ ވީޑިއޯތައް ދައުރު ވަމުންނެވެ.

އުދަ އަރަން ފަށާފައިވަނީ ހެނދުނު 8:00 ޖަހާކަށް ހާއިރު ކަމަށާއި މަރަދޫ އާއި ހަންކެޑަ ގުޅަނެ ސަރަހައްދުން ލިންކު ރޯޑުން ދަތުރު ކުރަން އުނދަގޫ ހާލަތަށް ގޮއްސައި ވާކަމަށް މަޢުލޫމާތު ލިބިއެވެ.

ދެކުނު އިންޑިޔާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތަކެއްގެ ސަބަބުން ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރެއާއި ދެމެދުގެ ސަރަހައްދުތަކަށް ކުރިޔަށްއޮތް ތިން ދުވަހު އުދަ އަރާފާނެކަމަށް މެޓް އޮފީހުން ވަނީ މިއަދު ބުނެފައެވެ.

މެޓް އޮފީހުން ވަނީ މި ސަރަހައްދުތަކުގައި މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތަކުގެ ރައްކާތެރިކަމަށްވެސް ވިސްނުން މުހިންމު ކަމަށް ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ