ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ނޮޅިވަރަމުން ކޮވިޑް-19 އަށް ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. އެރަށުން ޕޮޒިޓިވް ވެފައިވަނީ ފިރިހެނެކެވެ. އޭނާ ޕޮޒިޓިވްވެފައިވަނީ މާލެއިން ހޯމް ކަރަންޓީނަށް ރަށަށް އައިތާ 3 ދުވަސް ފަހުންނެވެ.
ނޮޅިވަރަމުން ކޮވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވްވެފައިވާއިރު، މިއަދު ޕޮޒިޓިވްވެފައިވަނީ ކުރިން ޕޮޒިޓިވްވި މީހާއާއެކު ކަރަންޓީނު ރޫމް ޝެއަރކުރި މީހެކެވެ. އެމީހާއަކީވެސް މިމަހު 6 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ މީހެކެވެ. އެމީހާއާއި އެކު އިތުރު ބަޔަކުވެސް އެރަށަށް ގޮސްފައިވާތީ އެމީހުންގެ ސާމްޕަލްވެސް މިހާރުވަނީ ނަގާފައެވެ. އަދި އެމީހާ ދަތުރު ކުރި ލޯންޗުގެ ފަޅުވެރިންގެ ސާމްޕަލް ނަގާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ރާއްޖެއިން މިހާތަނަށް 2553 މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު މިބަލީން ޝިފާލިބުނު މީހުންގެ އަދަދުވަނީ 2227 އަށް އިތުރުވެފައެވެ. މިބަލީގައި މިހާރު 306 މީހުންނަށް ފަރުވާދެމުންދާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައިތިބީ 283 މީހުންނެވެ. ކޯވިޑް-19އަށް ޓެސްޓްކުރުމަށް މިހާތަނަށް 59530 ސާމްޕަލްވަނީ ނަގާފައެވެ.





2 Responses
ލޯންޗުގެ ފަޅުވެރިންގެ ސާންޕަލްއެއް އަދި ނުނަގާ، މައުލޫމާތު ދިން މީހަކު ދޮގު މައުލޫމާތު ދީފަ ތިއޮތީ
E boatun dhathuru kuri ehenmyhunn test Kuran beynunvehure kureveyne ehvess
gothehneh, eki muasasaathakah , eki myhunnah gulhaalin, hpa ge minganduthakah ayas test kuranbeynunvaa haalathehgga nukohdhin ????