ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދުކުރުމުގެ ވިސްނުމެއް ނެތް: ސަރުކާރު

ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދު ކުރުމުގެ އެއްވެސް ވިސްނުމެއް އެއްވެސް އިރަކު ސަރުކާރުން ގެންގުޅިފައި ނުވާނެ ކަމަށެވެ. އަދި އެއީ ދުވަހުވެސް ކުރާނެ ކަމެއް ނޫން ކަމަށާއި ދައުރު ކުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

ހޫދު މިފަދަ ގޮތަކަށް ޓްވީޓް ކޮއްފައި މިވަނީ، ރާއްޖޭގެ އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރުމަށް ސަރުކާރުން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި އޮތް ލިއުމެއް ހިއްސާ ކުރައްވަމުން ކުރެއްވި ޓްވީޓެއްގައިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ