ސައްހަ ޕާސްޕޯޓަކަށް ބަދަލު ގެނެސްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި

ސައްހަ ޕާސްޕޯޓަކަށް ބަދަލު ގެނެސްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ ސައްހަ ޕާސްޕޯޓަކަށް ބަދަލު ގެނެސްގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ ބިދޭސީއެއް ކަމަށެވެ.

މީގެއިތުރުން މިމީހާއަކީ އުމުރުން40 އަހަރުގެ ފިރެހެނެއް ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. ނަމަވެސް، މިމީހާއަކީ ކޮންގައުމަކަށް ނިސްބަތްވާ މީހެއްކަން އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ވަގު ޕާސްޕޯޓްގައި ދަތުރުކުރާ މީހުން ދެނެގަތުމަށް ރާއްޖޭގައި ވެސް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖެ އަކީ އިންސާނީ ވަގުފާރިއާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ހަބެއްގެ ގޮތުގައި ބޭނުންކުރާ ގައުމެއް ކަމަށް ބައިިނަލްއަޤުވާމީ ބައެއް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ