ފޮޓޯ: އެމްޓީސީސީ

ރ. ރަސްމާދޫ ބަނދަރުގެ ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެެއްޖެ

ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން ވިދާޅުވީ ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމައްޓަކައި 26 ޖުލައި 2020 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށާއި މި މަޝްރޫޢަށް ބޭނުަންވާ އީއައިއޭ ހުއްދަ ލިބިފައިވަނީ 16 ޖުލައި 2020ގައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 9000 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 377 މީޓަރު ސަރަހައްދުގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. އަދި 600 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ހަރުކޮށް، މޫރިންގް ބުއޯއި ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 18.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްލަފާ ކުރެވެއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 10 ޑިސެމްބަރ 2019 ގައެވެ. މި މަޝްރޫޢަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ