އައްޑޫ ސިޓީ ހިތަދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނެއް ރޭޕްކޮށްފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ހިތަދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެންމީހާ ރޭޕް ކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ރޭޕް ކޮށްފައި ވަނީ އުމުރުން 48 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވެފައި ވަނީ މި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ރޭޕް ކުރުމާއި ގުޅޭ ގިނަ މައްސަލަތަޖެއް ފުލުހުންނަށް ދަނީ ހުށައެޅެމުންނެވެ. ޚާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ގިނަ އަދަދަކަށް ފުލުހުންނަށް ހުށައެޅެމުންދާ ދާ މައްސަލަތަކެކެވެ.





ހިޔާލު
.Dhn alhe haadha dhera ey ekm kuraane kameh eba oiy thr