"ޕީނޯކިއޯ" ގެ ލައިވް އެކްޝަން ފިލްމްގައި "ޖެޕެޓޯ"ގެ ރޯލަށް ޓޮމް ހޭންކްސް..!

ޑިޒްނީން ކުރިން ގެނެސް ދީފައި ހުރި އެނިމޭޓެޑް ފިލްމްތަކުގެ ތެރެއިން ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ ފިލްމް "ޕިނޯކިއާ"ގެ ޖެޕެޓޯގެ ރޯލު މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސް ކުޅުމަށް ޑިޒްނީއާއެކު މަޝްވަރާތައް ކުރެވެމުންދާކަމަށް ބޭރުގެ ޙަބަރުތަކުގައި ރިޕޯޓުކޮށްފިއެވެ.

ޕީނޯކިއޯގެ ލައިވް އެކްޝަން ފިލްމް ޑައިރެކްޓް ކުރާ މަޝްހޫރު ޑައިރެކްޓަރު ރޮބަޓް ޒެމަކިސް މީގެ ކުރިންވެސް ވަނީ ޓޮމް ހޭންކްސް އާއެކު ކާމިޔާބު ފިލްމްތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން އޮސްކާ އެވޯޑް ހޯދާފައިވާ ފިލްމް "ފޮރެސްޓް ގަމްޕް" އަކީ، ރޮބަޓް ޒެމަކިސް ޑައިރެކްޓްކޮށް، ލީޑު ރޯލު ޓޮމް ހޭންކްސް އަދާކުރި ފިލްމެކެވެ. މީގެ އިތުރުންވެސް، "ކާސްޓް އަވ"ޭ އަދި ޕޯލާ "އެކްސްޕްރެސް"ގައިވެސް މި ދެ މީހުން މަސައްކަތްކޮށްފައިވެއެވެ.

ބޭރުގެ ޙަބަރުތަކުން މައުލޫމާތު ލިބޭގޮތުގައި، ޓޮމް ހޭންކްސް މިހާރު ވަނީ މި ފިލްމްގެ ސްކްރިޕްޓް ކިޔުމަށްފަހު، ފިލްމް ކުޅޭނެކަމަށް ޑައިރެކްޓަ ރޮބަޓް ކައިރީ ބުނެފައެވެ.

ޑިޒްނީން 1940 ގައި ރިލީޒް ކުރި ކާމިޔާބު ކުޑަކުދިންގެ ހިޔާލީ އެނިމޭޓެޑް މި ފިލްމްގައި ކިޔައިދެނީ، ވަޑިއަކު ލަކުޑިން ހަދާ ޕަޕެޓެއް، ޕަރިއާކު އަސްލަށް ދިރުވުމުން ހިނގާ ހާދިސާތަކެކެވެ. އެގޮތުން މި ޕަޕެޓަަކީ، "ޕީނޯކިއޯ"އެވެ. އަދި ވަޑިއަކީ، "ޖެޕެޓޯ" އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ