ފޮޓޯ: އެމްޓީސީސީ

ރ. އުނގޫފާރު ފެންހިންދާ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް ކުރިއަށްދަނީ

ރ. އުނގޫފާރު މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން، ފެންހިންދާ ނިޒާމް ޤާއިމުކުރުމަށް ބޭނުންވާ ހޮޅިވަޅުލުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެ އެވެ.

ރ. އުނގޫފާރު ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެމްޓީސީސީ އާއި ހަވާލުކޮށް މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ޖޫން 2019 ގައެވެ. މި މަޝްރޫޢުގެ ދަށުން އުނގޫފާރުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ރަނގަޅު ފެންވަރަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ޙަސަން ޝާހު އެވެ.

މި މަޝްރޫޢުއަކީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. އަދި މި މަޝްރޫއު ހަވާލުކުރެވިފައިވަނީ 28.66 މިލިއަން ރުފިއާއަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ